ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމަށް 8 މީހަކު ކުރިމަތިލައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސިވިލް ކޯޓުގެ ގާޒީއަކު ހޯދުމަށް އިއުލާނު ކުރީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އަދި އިއުލާނާ ގުޅިގެން ސިވިލް ކޯޓުގެ ގާޒީކަމުގެ މަގާމަށް 8 މީހަކު ވަނީ ކުރިމަތިލާފަ އެވެ.

އެގޮތުން ސިވިލް ކޯޓުގެ ގާޒީކަމަށް ކުރިމަތިލާފައިވަނީ ޢަލީ ނަޞީރު، ބ.ކިހާދޫ، އާއި އާދަމް ޛާލިފް، ގއ.ގެމަނަފުށި އާއި ޢަލީ ނަދީމް، ކ.މާލެ އާއި ޢަބްދުﷲ ޒާހިރު، ކ.މާލެ، އާއި ނަފީލު މުޙައްމަދު، ގއ.ދާންދޫ،ގެ އިތުރުން މުޙައްމަދު ވިދާން ޝާކިރު، ކ.މާލެ އާއި ސިނާން ޢަލީ، ގދ.ފިޔޯރީ އަދި އަޙްމަދު މަޢުޞޫމް، ލ.މާބައިދޫ އެވެ.

ސިވިލް ކޯޓަށް ގާޒީއަކު ހޯދަން ޖޭއެސްސީން ހުޅުވާލީ، އެ ކޯޓުގެ ގާޒިކަމުގައި ހުންނެވި ޒުބައިރު މުހައްމަދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ސިވިލް ކޯޓަށް ގާޒީއަކު ހޯދުމަށް މިމަހުގެ 15 ވަނަދުވަހު ކުރި އިއުލާނަށް ފަހުވެސް ކޯޓުން ވަނީ މިމަހުގެ 24 ވަނަ ދުވަހު އެ ކޯޓަށް ދެ ގާޒިން ހޯދަން އިއުލާނު ކޮށްފަ އެވެ.