ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެންމެ ކާމިޔާބު ބޮލީވުޑް ތަރިއެއްގެ ގޮތުގައި އައިޝްވަރްޔާ ރާއި ފާހަގަކޮށްލެވެ އެވެ.

ގިނަ ބައެއްގެ ލޯބި އައިޝްވަރްޔާ ހޯދާފައިވާއިރު، ފޭނުން އަބަދުވެސް އައިޝްވަރްޔާއަށް އެންމެ ކަމުދާ އެއްޗެތީގެ މައުލޫމާތުތައް ހޯދާކަމީ ޝައްކެއްވެސް ނެތް ކަމެކެވެ.

އެގޮތުން އައިޝްވަރްޔާއަށް އެންމެ ކަމުދަނީ ކޮން ވައްތަރެއްގެ ސެންޓުތަކެއްތޯވެސް ގިނަ ބަޔަކު އެކްޓްރެސްއާ ސުވާލުކޮށްފައިވެ އެވެ. އެ ސުވާލަށް އައިޝްވަރްޔާ ޖަވާބުދީފައިވާއިރު، އޭނާއަށް އެންމެ ކަމުދަނީ 'ކްލިނިކްސް ހެޕީ' ނަމަކަށް ކިޔާ ސެންޓު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އައިޝްވަރްޔާއަށް މި ސެންޓު ކަމުދާކަމަށް އެތައް ފަހަރަކު އޭނާ ބުނެފައިވެ އެވެ. އަންހެނުންނަށް ހާއްސަ މި ސެންޓު ވަރަށް އަގު 49 ޑޮލަރަށް ލިބެން ހުރެ އެވެ.

ކްލިނިކްސް ހެޕީ ސެންޓު. ފޮޓޯ: ސެފޯރާ

އައިޝްވަރްޔާ އަކީ ބޮލީވުޑްގައި ވިދަމުންދާ ތަރިއެއްގެ ގޮތުގައި އާންމުން ސިފަކޮށްފައިވާއިރު، އޭނާ ވަނީ ކާމިޔާބު އެތައް ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފަ އެވެ. ހަމައެހެންމެ ގިނަ ބަޔަކަށް އެންމެ ކަމުދާ އެއް އެކްޓްރެސްއެއްގެ ގޮތުގައި އަދިވެސް އައިޝްވަރްޔާވާކަން ފާހަގަކޮށްލެވެ އެވެ.