ރައްޖޭގައި ހަރުކަށި ފިކުރު އުފެއްދުމަށް ފުރުސަތުދީ އެކަން ކުރުމަށް ޖާގަ ދެނީ މިއަދުގެ ހޯމް މިނިސްޓަރ އިމްރާން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ބޮންޑޭ މިހެން ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުންނާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވަހީދު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި މައްސަލައަށް ބަހުސްކުރައްވަމުންނެވެ.

ބޮންޑޭ ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާގެ ކަންކަންވެސް އެންމެ ރަނގަޅަށް ބަލަމުން ނުދާކަމަށެވެ. ގައުމުގައި ހުރި ޓެރަރިޒަމްގެ އެތައްކަމެއް ނުބެލި އަތުން ދޫވެގެންދާއިރު ފެނިގެން ދަނީ އެކަމަށް ހޯމް މިނިސްޓަރު ޖާގަ ދެއްވާތަން ކަމަށް ބޮންޑޭ ވިދާޅުވި އެވެ. އަދި މިނިސްޓަރު އިމްރާން ހަވާލުވެވަޑައިގެން ހުންނެވި ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގަމުންދާ ޖަލުތަކުގައި ތިބި ގައިދީންނަށް މަސްތުވާތަކެތި ދޭ ކަމަށްވެސް ބޮންޑޭ ތުހުމަތު ކުރެއްވި އެވެ.

"މިހާރުވެސް ތިބި ޒުވާން ޖީލަށް މަސްތުވާތަކެތި ބޯންދީގެން ޖަލުތަކުގައި މި ހަރުކަށި ފިކުރު އުފައްދާ މެޝިނެއް ހޯމް މިނިސްޓަރަކީ މިހާރު. ހަރުކަށި ފިކުރު އުފައްދާ މެޝިނެއް އެއީ." އިމްރާނަށް ތުހުމަތުކުރައްވާ ބޮންޑޭ ވިދާޅުވި އެވެ. ދެން އެވަރު ބަޔަކާއި ގައުމު ހަވާލުކޮށްގެން މިހާރުވެސް ތިބި ޒުވާންޖީލަށް މަސްތުވާތަކެތި ބޯން ދީގެން ޖަލުތަކުގައި މިހަރުކަށި ފިކުރު އުފައްދާ މެޝިނެއް ހޯމް މިނިސްޓަރަކީ މިހާރު. ހަރުކަށި ފިކުރު އުފައްދާ މެޝިނެއް އެއީ." ބޮންޑޭ ތުހުމަތު ކުރެއްވި އެވެ.

ބޮންޑޭ ވިދާޅުވީ މިނިސްޓަރ އިމްރާނަކީ ޑރ.އަފްރާޝީމްގެ މަރާއި ގުޅިގެންވެސް އެކި ފަހަރު އެކިގޮތަށް ވާހަކަ ދައްކަވާފައިވާ ބޭފުޅެއްކަމަށެވެ. އެވަރުގެ ބޭފުޅަކު ހޯމް މިނިސްޓަރަކަށް ލުމުން ކަންކަން ހިނގާދާނެ ގޮތަކަށް މިއަދު ކަންކަން މިވަނީކަމަށް ބޮންޑޭ ވިދާޅުވި އެވެ.