ނ. އަތޮޅަށް ދަތުރު ކުރަނިކޮށް ކ. ގާފަރު ފަރަށް އުރުނު "ލަންދޫ ބޯޓު" މިއަދު ފުންކޮށްފި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ގިނަ ބަޔަކާއެކު ދަތުރު ކުރަމުންދިޔަ ލަންދޫ ބޯޑު އަޑިއަށް ގޮސްފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު، ހެނދުނު 10:55 ހާއިރު އެވެ.

އޭރު އެ ބޯޓުގައި 30 މީހުން ތިއްބެވެ. އޭގެ ތެރޭގައި 11 ބިދޭސީންނާއި ދިވެހިން ތިއްބެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓު މިއަދު ފުންކޮށްފައިވަނީ މިއަދު މެންދުރު 12:22 ހާއިރު ކަމަށެވެ. އަދި އެ ބޯޓު ފުންކުރުމުގައި އެމްއެންޑީއެފްގެ ކޯސްޓުގާޑު ޑައިވަރުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެ އެވެ.

ހާދިސާއާ ގުޅޭ އެކި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ބޯޓުގައި ހުރި ގިނަ އަދަދެއްގެ ގޭސްފުޅި އަދި މުދާތައް އޮޔާދާ މަންޒަރު ވެސް ފެނިފައިވެ އެވެ.

އަޑިއަށްދިޔަތާ ތިން ދުވަސް ފަހުން ދޯނި ނަގާފައިވާއިރު، ދޯނީގެ ބައިތައް އަދިވެސް ބޭނުންކުރެވި، ވީހާވެސް އަވަހަކަށް ދަތުރުތައް އަލުން ފެށޭނެ ކަމަށް ދޯނީގެ ވެރިފަރާތް އުންމީދުކުރެ އެވެ.