ޖެކްލީން ފަރްނާންޑޭޒް އާއި ގުޅުން އޮތް ކަމަށް ބަތަލާ އިންކާރު ކުރެ އެވެ

މަނީ ލޯންޑައިރިންގެ މައްސަލައެއްގައި ބޮލީވުޑްގެ ބަތަލާ އަދި މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތޭހީއާ ފުލުހުން ސުވާލުކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ނޯރާ އާއި ސުވާލުކޮށްފައިވަނީ މިހާރު އިންޑިއާ ޖަލުގައި ހުރި ސުކޭޝް ޗަންދްރަޝޭކަރްއާ ގުޅުން ހުރި 200 ކްރޯޑް ރުޕީސްގެ މައްސަލާގަ އެވެ.

ދިއްލީ ފުލުހުންގެ އިކޮނޮމިކް އޮފެންސެސް ވިންގްއިން މިމައްސަލާގައި ނޯރާ އާއި ހަތަރު ގަޑިއިރު ވަންދެން ވަނީ ސުވާލުކޮށްފަ އެވެ.

އެންފޯސްމަންޓް ޑައިރެކްޓްރޭޓުން މީގެ ކުރިން ވަނީ މަނީ ލޯންޑަރިންގެ ތުހުމަތުގައި ސުކޭޝް ޗަންދަޝޭކަރް އާއި ނޯރާއާވެސް ސުވާލުކޮށްފައެވެ.

ސުކޭޝް ވަނީ ބޮލީވުޑްގެ ތަރިންނަށް އަގުބޮޑު ހަދިޔާތައް ދީފަ އެވެ. އެ މައްސަލަ ދިއްލީ ފުލުހުން ދަނީ ބަލަމުންނެވެ. ނޯރާއާ ސުވާލު ކުރަން ހާޒިރު ކޮށްފައި ވަނީ އެ މައްސަލައިގަ އެވެ. މިމައްސަލާގައި ނޯރާގެ އިތުރުން ބޮލީވުޑް ބަތަލާ ޖެކޮލިން ފެނާންޑޭޒް އާވެސް ފުލުހުން ވަނީ ސުވާލުކޮށްފަ އެވެ.

އޭއެންއައިގައި ނެރުނު ރިޕޯޓެއްގައި ނޯރާ އާއި ހަވާލާދީ ބުނެފައިވަނީ ސުކޭޝްގެ ފަރާތުން ހަދިޔާއެއްގެ ގޮތުގައި ބީއެމްޑަބްލިއު ކާރެއް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް ސުކޭޝްގެ މަނީ ލޯންޑަރިންގެ އެއްވެސް ކަމެއް ނޭނގޭ ކަމަށް ނޯރާ ވަނީ ބުނެފަ އެވެ.

ނޯރާ އަންނަނީ މިހާރު ކަލާޒް ޓީވީއިން ގެނެސްދޭ "ޖަލަކް ދިކްލާ ޖާ" ސީޒަން 10 ގެ ޖަޖެއްގެ ގޮތުގައި ބައިވެރިވަމުންނެވެ.