ބޮލީވުޑްގެ ބަތަކާ ސޯނަމް ކަޕޫރާއި އާނަންދު އަހޫޖާ ވަނީ މިދިޔަ މަހު 20 ވަނަ ދުވަހު ފިރިހެން ކުއްޖެއް ލިބިގެން ގޮސްފަ އެވެ.

މިއީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރުގެ ފުރަތަމަ ކާފަ ދަރިފުޅެވެ.

އުމުރުން 36 އަހަރުގެ ސޯނަމް ކަޕޫރަކީ އަނިލް ކަޕޫރުގެ ތިން ކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާ އެވެ.

މިކަމާއި ގުޅިގެން އުމުރުން 64 އަހަރުގެ އެކްޓަރު އަނިލް ކަޕޫރު ބުނެފައިވަނީ އޭނާ ކާފައަކަށް ވުމުން ވަރަށް އުފާވާ ކަމަށެވެ.

އަނިލް ކަޕޫރު ގާތު ކާފަދަރިފުޅާއެކު ގޭގައި އެކަށީގެންވާ ވަގުތު ހޭދަކުރެވޭތޯ އަހާލުމުން އޭނާ ބުނެފައިވަނީ ކާފަ ދަރިފުޅާއެކު ގިނަ ވަގުތު ހޭދަކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެއީ ވަރަށް ތަފާތު ތަޖުރިބާއަކަށްވާނެ ކަމަށްވެސް އުއްމީދުކުރާ ކަމަށް އަނިލް ބުންޏެވެ.

ސޯނަމް ކަޕޫރާއި އާނަންދު އަހޫޖާ ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ.

ސޯނަމްގެ އިތުރުން ކަނިލް ކަޕޫރުގެ ދަރިންނަކީ އެކްޓަރު ހާޝްވަރުދަން ކަޕޫރާއި ޕްރޮޑިއުސަރު ރިއާ ކަޕޫރް އެވެ.