ބޮލީވުޑްގެ ކުރިއަރަމުން އަންނަ ބަތަލާ ދިޝާ ޕަޓާނީ ފުރަތަމަ ފަހަރަށް ތަމަޅަ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.

ދިޝާ ފެނިގެންދާނީ ސައުތު އިންޑިއާގެ ފިލްމީ ދާއިރާގެ މަޝްހޫރު އެއް ފަންނާނު ކަމަށްވާ ސޫރިޔާ ލީޑް ރޯލުން ފެނިގެންދާ "ސޫރިޔާ 42" އިންނެވެ. މިހާރު ވަނީ މިފިލްމުގެ މޯޝަން ޕޯސްޓަރު އާންމުންނަށް ދައްކާލާފަ އެވެ.

މިފިލްމާ ބެހޭ ގޮތުން ދިޝާ ބުނީ މިފިލްމުގައި އޭނާ ފެނިގެންދާނީ މިހާތަނަށް އެއްވެސް ފިލްމަކުން އޭނާ ފެނިގެން ގޮސްފައިވާ ފަދަ ރޯލަކުން ނޫން ކަމަށާއި އެއީ ވަރަށް ތަފާތު ރޯލެއް ކަމަށެވެ.

'މިހާ ބޮޑު ޕްރޮޖެކްޓެއްގައި މަސައްކަތް ކުރަން ލިބުމުން ވަރަށް އުފާވޭ" ދިޝާ ބުންޏެވެ.

މި ފިލްމަކީ ރަސްކަމުގެ ތެރޭގައި ހިންގާ ކަންތައް ތަކަކާއި އެކުގައި ވަރުގަދަ ތަޅާފޮޅުން ތަކެއްވެސް ފެނިގެން ދާނެ ފިލްމެކެވެ.

މިފިލްމު އުފައްދާ ފަރާތްތުން ބުނެފައިވަނީ މިފިލްމު10 ބަހަކު ނެރެވިގެންދާއިރު މިއީ 3 ޑީ ކޮން ނެރުމަށް ނިންމާފައިވާ ފިލްމެއް ކަމަށެވެ.

https://www.instagram.com/p/CiSLQYCLkgj/

ދިޝާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "އެކް ވިލަން ރިޓާންސް" އިންނެވެ. އެ ފިލްމް ގައި އޭނާ ގެ އިތުރުން އަރުޖުން ކަޕުރު، ތާރާ ސުތާރިއާ އަދި ޖޯން އަބްރަހަމްވެސް ފެނިގެން ދިއަ އެވެ.