ކަލާޒް ޓީވީގެ މަގުބޫލު ޑާންސް ރިއަލިޓީ ޝޯ "ޖަލަކް ދިކްލާ ޖާ"ގެ 10 ވަނަ ސީޒަން މިހާރު އަންނަނީ ދައްކަމުންނެވެ.

މި ޝޯގެ ޖަޖުންގެ ގޮތުގައި ފެންނިގެންދަނީ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުޝަރު ކަރަން ޖޯހަރާއި މަޝްހޫރު ބަތަލާ މަދޫރީ ޑިކްސިޓް އަދި މަޝްހޫރު ނެށުންތެރިޔާ ނޯރާ ފަތޭހީ އެވެ.

މިހާތަނަށް އައިއިރު، ދެ ހަފްތާއަށް ޝޯ ގެނެސްދީފައިވާއިރު، ބައިވެރިންނަށް އަންނަނީ ވަރަށް ފުރިހަމަ ޕާފޯމަންސްތަކެއް ދައްކަމުންނެވެ.

މި ޝޯގައި ބައިވެރިވާ ފަންނާނުންނަށް ކޮންމެ ހަފްތާއަކު ޕާފޯމް ކުރުމަށް ފައިސާއެއް ދޭކަން އެނގޭ ހެއްޔެވެ؟ ތިރީގައި މިވަނީ މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ލިސްޓާއި އެޕިސޯޑަކަށް ލިބޭ ފީގެ އަދަދުތަކެވެ.

ރުބީނާ ދިލައިކް

https://www.instagram.com/p/Cic1yEFDHvE/?hl=en

ރޫބީނާ ދިލައިކް އަކީ ޓީވީ އިންޑަސްޓްރީގެ މަޝްހޫރު ބަތަލާ އެވެ. "ބިގް ބޮސް 14" ކާމިޔާބު ކުރުމަށްފަހު ރުބީނާ އަންނަނީ ގިނަ ރިއަލިޓީ ޝޯތަކުގައި ވާދަކުރަމުންނެވެ. ރުބީނާ އަށް މިޝޯއިން އެޕިސޯޑަކަށް 7 ލައްކަ ރުޕީސްގެ ފީ އެއް ލިބިގެންދެ އެވެ.

ޝިލްޕާ ޝިންޑޭ

https://www.instagram.com/p/CikL4rVj9o0/?hl=en

"ޖަލަކް ދިކްލާ ޖާ 10" އާއެކު ޝިލްޕާ ޝިންޑޭ ވަނީ އެބުރި އަލުން ޓީވީ އިންޑަސްޓްރީއަށް އައިސްފަ އެވެ. އަދި މި ޝޯގައި ބަތަލާއަށް ވަރުގަދަ ޕާފޯމަންސެއް ދީފައިނުވާއިރު ރިޕޯޓްތައް ބުނާގޮތުން އޭނާއަށް ލިބެނީ އެއް އެޕިސޯޑަކަށް 5 ލައްކަ ރުޕީސް އެވެ. ޝިލްޕާ ސިންޑޭ އަކީ "ބިގް ބޮސް 11" ކާމިޔާބު ކުރި ފަރާތްތަކެވެ.

ފައިސަލް ޝައިޚް

https://www.instagram.com/p/CifPecHJZTH/?hl=en

ސޯޝަލް މީޑިއާގައި މިސްޓަރު ފައިސޫގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ ފައިސަލް ޝައިޙް މިހާރު އަންނަނީ ކަލާޒް ޓީވީ ދައްކަމުން އަންނަ "ހަތުރޯ ކީ ކިޅާލީ" ސީޒަން 12 ގައި ވެސް ވާދަ ކުރަމުންނެވެ. ސޯޝަލް މީޑިއާގެ އިންފްލޫއެންސާ އަދި އެކްޓަރު ފައިސަލް އަންނަނީ އޭނާގެ އަޖައިބު ކުރުވަނިވި ނެށުމުގެ ހަރަކާތްތަކުން އެންމެން ހައިރާކުރަމުންނެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ފައިސަލް އަށް އެޕޯސްޑަކަށް ލިބެނީ 10 ލައްކަ ރުޕީސް އެވެ.

ނިއާ ޝަރުމާ

https://www.instagram.com/p/CihX_rWjw4T/?hl=en

ނިއާ ޝަރްމާގެ ނެށުމުގެ ހަރަކާތްތަކުނ"ޖަލަކް ދިކްލާ ޖާ 10"ގެ ސްޓޭޖުގައި އަންނަނީ ފަތަހަކުރަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ބަތަލާ ނިއާ އެޕިސޯޑަކަށް 2.50 ލައްކަ ރުޕީސް އެވެ.

ދީރާޖް ދޫޕަރު

https://www.instagram.com/p/CiT-o4UBpyp/?hl=en

ޓީވީ އެކްޓަރު ދީރާޖް "ޖަލަކް ދިކްލާ ޖާ 10" ގިނަ ބަޔަކުގެ ސަމާލުކަން ވަނީ ހޯދާފަ އެވެ.ރިޕޯޓްތައް ބުނާ ގޮތުގައި އެކްޓަރު ނަގަމުންދަނީ އެޕިސޯޑަކަށް 2.50 ލައްކަ ރުޕީސް އެވެ.

އަލީ އަސްގަރު

https://www.instagram.com/p/CiXgcghDWtc/?hl=en

"ޖަލަކް ދިކްލާ ޖާ 10" އިން ދާދީގެ ރޯލުން ފެނިގެންދާ އަލީ އަސްގަރު އޭނާގެ އެންޓިކްސްތަކުން އެންމެން ހެއްވާލަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްޓަރަށް އެޕިސޯޑަކަށް 2 ލައްކަ ރުޕީސް ލިބިގެންދެ އެވެ.

ޕަރަސް ކަލްނާވަތު

https://www.instagram.com/p/CifV35-Davr/?hl=en

ޕަރަސް ކަލްނާވަތު "އަނޫޕާމާ" ދޫކޮށްފައި ވަނީ "ޖަލަކް ދިކްލާ ޖާ 10" ގެ ބައިވެރިވުމުގެ ގޮތުންނެވެ. އެކްޓަރު ދަނީ ޑާންސް ރިއަލިޓީ ޝޯ އިން އޭނާގެ ނެށުމުގެ ހަރަކާތްތައް ދައްކަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ނަގަމުންދަނީ އެޕިސޯޑަކަށް 50 ހާސް ރުޕީސް އެވެ.

އަމްރުތާ ކަންވިލްކަރު

https://www.instagram.com/p/CifHxxaD5OC/?hl=en

ފިލްމުތަކާއި ޓީވީން މަޝްހޫރު މޫނެއްގެ ގޮތުގައި ފެނިގެންދާ އަމްރޫތާ ކާންވިލްކާ ވަނީ "ޖަލަކް ދިކްލާ ޖާ 10" އިން ފާހަގަ ކޮށްލެވޭ ބައިވެރިއެކެވެ. ރިޕޯޓްތައް ބުނާގޮތުން ބަތަލާއަށް ލިބެމުންދަނީ އެޕިސޯޑަކަށް 10 ލައްކަ ރުޕީސް އެވެ.

ގަޝްމީރު މަހާޖަނީ

https://www.instagram.com/p/Cij8uCMD0D5/?hl=en

މަރާތީ ފިލްމުތަކާއި 2010 ވަނަ އަހަރު ރިލީޒް ކުރި "މުސްކުރަކޭ ދޭ ޒަރާ" މަގުބޫލުކަން ހޯދި ގަޝްމީރުވެސް މިފަހަރުގެ ސީޒަންއިން އަންނަނީ ރަގަޅު ޕާފޯމަންސްތަކެއް ގެނެސްދެމުންނެވެ. ރިޕޯޓްތައް ބުނާގޮތުން އެކްޓަރަށް އެއް އެޕިސޯޑަކަށް 70 ހާސް ރުޕީސް ލިބިގެންދެ އެވެ.