ބޮލީވުޑްގެ ތަރި ކްރިތީ ސެނޮން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ކޮވިޑަށް ޕޮޒިޓިވްވުމުގެ ކުރިން ކްރިތީ ދިޔައީ ރާޖްކުމާރް ރާއޯ އާއި އެކު، އޭނާގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިންގައި ބައިވެރިވަމުންނެވެ. އިއްޔެ ކްރިތީ ވަނީ ޗަންދީގަރްގައި އޮތް ޝޫޓިން ނިންމާލުމަށްފަހު ފުރަން ގޮސް ފްލައިޓް ތެރޭގައި ފޮޓޯއެއް ހިއްސާކޮށްފަ އެވެ.

ކްރިތީއާ ގާތް ފަރާތަކުން ބުނި ގޮތުގައި ޗަންދީގަރް އިން އައުމަށް ފަހު ކްރިތީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ކްރިތީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސާއި ޓަމްހަންކަރާއި ޕަންކަޖް ޓްރިޕާޓީ މުހިއްމު ރޯލުތަކެއް އަދާކުރާ ފިލްމު "މިމީ" އިންނެވެ. މި ފިލްމުގައި ކްރިތީ ފެނިގެންދާނީ ސަރޮގޭޓް މަންމައެއްގެ ރޯލުންނެވެ.

މީގެ ދެތިން ދުވަސް ކުރިން ބޮލީވުޑްގެ ތަރިން ކަމަށްވާ ވަރުން ދަވަން، ނީތޫ ކަޕޫރު އަދި ރާޖް ކަޕޫރުވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެއާއި އެކު އެމީހުން ޝޫޓު ކުރަމުންދޮޔަ ފިލްމޔ "ޖުގް ޖުގް ޖިއޯ" ގެ މަސައްކަތް ވަނީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.