ގިނަ ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރު ކޮށްފައިވާ، ބަންގްލާދޭޝްގެ އަލަމްގީރުގެ މައްޗަށް އުފުލި އިތުރު 40 ދައުވާގެ ޝަރީއަތް މާދަމާ ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ތާވަލްކޮށްފި އެވެ
އަލަމްގީރުގެ މައްޗަށް އުފުލާފައިވަނީ އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާ އެވެ. އޭނާއަށް އެ ދައުވާތައް ކޮށްފައި ވަނީ މީގެ ކުރިން އޭނާގެ މައްޗަށް އުފުލާފައިވާ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގެ ތިން ދައުވާއެއް ސާބިތުވެފައިވަނިކޮށެވެ. އަދި އޭނާ ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފައިވަނިކޮށެވެ.
ކްރިމިނަލް ކޯޓުން ހާމަކޮށްފައިވާގޮތުން އަލަމްގީރުގެ ޝަރީއަތް މާދަމާ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާގެ ހެނދުނު 10 ޖަހާއިރު އެވެ. އަދި ޝަރީއަތް ބޭއްވުމަށް ހަމަޖެހިފައިވަނީ ސިއްރުން ކަމަށްވެސް ކޯޓުން ހާމަކޮށްފައިވެ އެވެ.
އެއް ޖިންސުން ގުޅުންހިންގާ ވީޑިއޯތައް ލީކުވުމާ ގުޅިގެން އަލަމްގީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) އަދި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގައި މަސައްކަތްކުރި އަބްދުއްރަހުމާން ރަފީއު ވެސް ހައްޔަރުކުރި އެވެ.
އެ ހަތަރު މީހުންގެ މައްޗަށް ވެސް ދައުވާ އުފުލީ ޖިންސީ ކުށްތަކަށް އަދަބު ކަނޑައަޅާ ހާއްސަ ގާނޫނު ކަމަށްވާ ޖިންސީ ކުށުގެ ގާނޫނުގެ ބަދަލުގައި ގާނޫނޫލްއުގޫބާތުގެ ދަށުންނެވެ. އެއީ ދެ ގާނޫނުގެ ތެރެއިން ލުއި އަދަބު ލިބޭ ގާނޫނެވެ.
ރާއްޖޭގައި އާބާދީގެ ނިސްބަތުން ނަފްސާނީ މައްސަލަތައް ގިނަ: ދިރާސާ
ވިޒިޓް މޯލްޑިވްސްގެ ބޯޑަށް މެންބަރުން އައްޔަންކޮށްފި
ބޮޑު ބަދަލާއި އެކު ކުރިމަތިލާން ޖެހޭނީ 2023 ގެ ނާކާމިޔާބީއާ
