ފަހަކަށް އައިސް ސައުތު އިންޑިއާގެ ފިލްމުތައް އާންމުންގެ މެދުގައި މަގުބޫލުވެ، ކާމިޔާބުވުމުގެ ސިއްރު ސައުތު އިންޑިއާގެ ފިލްމީ ތަރި ތަމަންނާ ބާޓިއާ ކިޔައިދީފި އެވެ.

އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ތަމަންނާ ވަނީ ސައުތު އިންޑިއާގައި ގެނެސްދޭ ފިލްމުތަކުގެ ކޮންސެޕްޓް، އަދި ސްޓޯރީ އާންމުންނަށް ދޭހަވާ ފަދައިން ގެނެސްދޭކަން ފާހަގަކޮށްފަ އެވެ. އެގޮތުން، ސައުތު އިންޑިއާގެ ފިލްމުތަކުން، އާންމުންނަށް އެ މީހުންގެ ދިރިއުޅުމާއި ފިލްމުގައި ދިމާވާ ހާދިސާތަކާއި އަޅާކިޔޭ ކަމަށާއި، ދިރިއުޅުމުގައި ދިމާވާ ގިނަ ކަންކަމަކީ ސައުތުގެ ފިލްމުތަކުގައި ވެސް ގެނެސްދޭ ކަންތައްތަކެއްކަން ތަމަންނާ ފާހަގަކޮށްފައިވެ އެވެ.

ހަމަ އެހެންމެ އޭގެ ސަބަބުން ގިނަ ބަޔަކު އެފަދަ ފިލްމު ބަލަން ބޭނުންވާނެކަމީ ޝައްކެއް ވެސް އުފެދޭ ކަމެއް ނޫން ކަމުގައި ތަމަންނާ ފާހަގަކޮށްފައިވެ އެވެ.

ތަމައްނާއަކީ ސައުތު އިންޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ތަރިއެކެވެ.

އޭނާގެ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ފިލްމު "ބާހޫބަލީ" އެވެ.

އެ ފިލްމުގައި އޭނާ ކުޅޭ ދީފައި ވަނީ ބަތަލާގެ ރޯލެވެ.