އިނގިރޭސިވިލާތުގެ މެންޗެސްޓާގައި ހުންނަ ޓެކް ކުންފުންޏެއްގެ ވެރިޔަކު އެ ކުންފުނީގެ 74 މުވައްޒަފުންނަށް އެއް ބިލިއަން ޑޮލަރުގެ ހިއްސާބަހައި، މިލިއަނަރުންނަށް ހަދައިފި އެވެ.

"ދަ ހަޓް ގްރީޕް" ކިޔާ މި ކުންފުނީގެ ފައުންޑާ، މެޓް މޯލްޑިން، 48، ބުނި ގޮތުގައި އޭނާގެ މުވައްޒަފުންނަށް ބަހާފައިވަނީ މިދިޔަ 10 އަހަރު ދުވަހުގެ 430 ސްޓާފް ހިއްސާ އެވެ.

މި ފައިސާ ލިބުނު މީހުންގެ ތެރޭގައި ޑްރައިވަރުންނާއި ވެއާހައުސް އޮޕްރެޓިވްސް އަދި ކުންފުނީގެ ސެކްރެޓަރީން ވެސް ހިމެނެ އެވެ. މި ވަޒީފާތަކުގައި އުޅޭ މީހުންނަކީ އާންމުކޮށް ބޯނަސް ބަހާއިރު އޭގެތެރޭގައި ނުހިމެނޭ މީހުންނެވެ.

މޯލްޑިން އުޅެ ބޮޑުވީ ބާންލީގަ އެވެ. ކޮލެޖްގައި އުޅުނު ދުވަސްވަރު ކްލާހަށް ނުގޮސް ޖަލުގައިހުރި އޭނާގެ ބޭބެ ގާތަށް ޒިޔާރާތްކުރާތީ ކޮލެޖުން ކަނޑާލި އެވެ. ނަމަވެސް ވިޔަފާރި ފުޅާވެ ދާދި ފަހުން ސްޓޮކް މާކެޓްގައި އޭނާގެ ކުންފުނީގެ ހިއްސާތައް އުފުލި 830 މިލިއަން ޔޫރޯގެ އާމްދަނީ އެއް ލިބިފައިވެ އެވެ.

"މިހިއްސާ ތައް ބަހާފައި މިވަނީ ހަދިޔާއެއްގެ ގޮތުގައި. އެއްވެސް މުވައްޒަފު އަނބުރާ ދައްކާކަށް ނުޖެހެނެ. މީގެ ސަބަބުން އަހަރެމެން މިވަނީ އެތައް ދިރިއުޅުމެއް ބަދަލުކޮށްލާފައި،" މޯލްޑިން ބުންޏެވެ.

މި ހިއްސާތައް ލިބުނު 74 މުވައްޒަފުންނަކީ މިހާރު މިލިއަނަރުންނެވެ. --ޑެއިލީ މެއިލް