ނެޓްފްލިކްސް އިން ގެނެސްދިން ކާމިޔާބު ފިލްމް "365 ޑޭސް" ގެ ތަރި މިކެލް މޮރޯނީ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އެމެރިކާގެ މަޝްހޫރު ސެލިބްރިޓީ އާއިލާ ކާޑޭޝިއަން އާއިލާގައި ހިމެނޭ ކްލޯއީ ކާޑޭޝިއަން އާއި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އިޓަލީ އަށް އުފަން އުމުރުން 31 އަހަރުގެ މޮރޯނީ އާއި 38 އަހަރުގެ ކްލޯއީ ކާޑޭޝަން މިހާރު އަންނަނީ ޑޭޓް ކުރަމުންނެވެ. މި ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ވަރުގަދައަށް ވާހަކަ ދެކެވޭއިރު ކްލޯއީ ވަނީ މީގެކުރިން ވެސް ކައިވެންޏެއް ކޮށްފަ އެވެ. މަޝްހޫރު ބާސްކެޓް ބޯޅަ ކުޅުންތެރިޔާ ލެމާރް އޯޑޯމް އާއި 2009 ވަނަ އަހަރު ކުރި ކައިވެނި ރޫޅުނީ 2016 ވަނަ އަހަރު އެވެ.

މޮރޯނީ އަކީ ވެސް ކުރިން ކައިވެންޏެއް ކޮށްފައިވާ މީހެކެވެ. ލުބުނާނުގެ ފެޝަން ޑިޒައިނަރެއް ކަމަށްވަ ރައުބާ ސާދޭ އާއި 2014 ވަނަ އަހަރު މޮރޯނީ ވަނީ ކައިވެނިކޮށްފަ އެވެ. އެ ކައިވެނި ރޫޅިފައި ވަނީ 2018 ވަނަ އަހަރު އެވެ.

އެމީހުންގެ ފޭނުން ބުނަނީ އެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭނަމަ އެކަން ވަރަށް ޝައުގުވެރި ކަަމަކަށް ވާނެ ކަމަށެވެ.

https://www.instagram.com/p/Ci98QWQomTH/

ނެޓްފްލިކްސް އިން ދެއްކި ކާމިޔާބު ފިލްމު "365 ޑޭސް" އަށް ފަހު މެރޯނީ ވަނީ ވަރަށް މަޝްހޫރުވެފަ އެވެ. މެރޯނީ ވަނީ ބޮލީވުޑް ބަތަލާ ޖެކްލީން ފެނަންޑޭޒްއާ އެކު ހިންދީ ލަވައެއް ވެސް ކުޅެފަ އެވެ.

https://www.instagram.com/p/Ci9nxEYNZqq/

މިކެލްގެ "365 ޑޭސް" ގެ ސީކްއެލް "365 ޑޭސް: ދިސް ޑޭ" ގެނެސްދިނީ މި އަހަރުގެ އެޕްރީލްގަ އެވެ.