ރަންބީރު ކަޕޫރާއި އާލިއާ ބަޓްއަކީ ބޮލީވުޑްގައި މި ވަގުތު އެންމެ ނަން މަޝްހޫރު އެއް ޖޯޑެވެ.

ދެ ތަރިންގެ ލޯބީގެ ގުޅުމުގެ ވާހަކަތައް ސޯޝަލް މީޑިއާ އާއި އާންމުންގެ ތެރޭގައި ދެކެވޭއިރު، ދެ ތަރިން އަލަތު ދަރިފުޅަށް އިންތިޒާރުކުރާ ވާހަކަތަކަކީ ފަހަކަށް އައިސް އެންމެ ގަދައަށް ބޮލީވުޑްގައި ދެކެވުނު ވާހަކަތަކެވެ.

އެގޮތުން ދާދި ފަހުން އާލިއާ ވަނީ މާބަނޑު ދުވަސްވަރު ނިމުމަށް ފަހު އޭނާއަށް މަސައްކަތް ކުރުމަށް ރަންބީރު ހިތްވަރުދޭކަން ވަނީ އާންމުންނާ ހިއްސާކޮށްފަ އެވެ.

އާލިއާ ބުނިގޮތުގައި ވިހެއުމަށް ފަހު ދަރިފުޅު ބަލަން އިނުމަކީ ރަންބީރު އެންމެ ހިތްހަމަޖެހޭ ގޮތެއް ނޫނެވެ. އަދި އެކްޓްރެސްއަކަށް ވާތީ، މަސައްކަތުގެ މުހިންމުކަން ރަންބީރަށް އިހުސާސް ކުރެވޭ ކަމަށާއި، އޭނާ ބޭނުން ވަނީ ވިހައި، ގަދަވުމަށްފަހު އާލިއާ މަސައްކަތަށް ނިކުތުމަށް ކަމަށް އާލިއާ ބުނެފައިވެ އެވެ.

ހަމައެހެންމެ އާލިއާ ނުހުންނަ ވަގުތުތަކުގައި ދަރިފުޅުގެ ޒިންމާތަކާއި ރަންބީރު ހަވާލުވާނެ ކަމަށް ރަންބީރު ބުނެފައިވާކަން އާލިއާ ހާމަކޮށްފައިވެ އެވެ.

އާލިއާ އާއި ރަންބީރު ކައިވެނި ކޮށްފައި ވަނީ މުމްބާއީގައި ހުންނަ ރަންބީރުގެ ގޭގަ އެވެ. އެ ދެ މީހުން ކައިވެނިކުރީ މި އަހަރުގެ އޭޕްރިލް 14 ވަނަ ދުވަހު އެވެ.