އިނގިރޭސި ވިލާތުގެ މަޝްހޫރު ފިލްމީ ތަރި ބްރެޑް ޕިޓް ވެސް ބޮލިވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ނެށުންތެރިޔާ ނޯރާ ފަތެހީއަށް މެސެޖު ކުރިކަމަށް ނޯރާ ބުނެފި އެވެ.
ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ނޫސްވެރިޔާ ވަނީ، މުޅި ދުނިޔެއިން އެންމެ މަޝްހޫރު މީހުންގެ ތެރެއިން އޭނާއަށް މެސެޖުކޮށްފައިވަނީ ކާކުތޯ ސުވާލުކޮށްފަ އެވެ. އެ ސުވާލަށް ޖަވާބުދެމުން ނޯރާ ބުނީ، މުޅި ދުނިޔެއިން ވެސް އެންމެ މަޝްހޫރު މީހުންގެ ތެރެއިން އޭނާ އަށް މެސެޖުކޮށްފައި ވަނީ ބްރެޑް ޕިޓް ކަމަށެވެ.
ނޯރާ އެފަދައިން ބުނި ނަމަވެސް ގިނަ ބަޔަކު އޭނާގެ އެ ވާހަކައަކަށް ގަބޫލުކޮށްފައެއް ނުވެ އެވެ. އަދި ބްރެޑް ޕިޓްއަށް ނޯރާއަކީ ހުންނަ މީހެއްކަން ވެސް އެނގޭ ބާވައޭ އާންމުން އޭނާއާ ސޯޝަލްމީޑިއާގައި ސުވާލުކޮށްފައިވެ އެވެ.
ބްރެޑް ޕިޓް ނޯރާއަށް މެސެޖުކުރި ކަމަށް ނޯރާ ބުނެފައި ވަނީ އިންސްޓްގްރާމް މެދުވެރިކޮށެވެ. އެހެންނަމަވެސް ބްރެޑް ޕިޓްގެ އިންސްޓަގްރާމް އެކައުންޓެއް ނުހުންނަ ކަމަށް އާންމުން ވަނީ ބުނެފަ އެވެ. އަދި އިންސްޓަގްރާމުގައި ނޫޅޭ މީހަކު ނޯރާއަށް އިންސްޓަގްރާމުން މެސެޖު ކުރީ ކިހިނެއްތޯ އާންމުން ސުވާލުކޮށްފައިވެ އެވެ.
އޭގެ އިތުރުން ބްރެޑް ޕިޓް ފަދަ މަޝްހޫރު އަދި ކާމިޔާބު ތަރިން ނޯރާއަށް މެސެޖު ކުރާއިރު، ނޯރާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ހަބަރު ފެތުރިފައިވާ ސުކޭޝް ޗަންދްރަސޭކަރްއާ އެކު އުޅެމުންދަނީ ކީއްވެތޯ އާންމުން ސުވާލުކޮށްފައިވެ އެވެ.
އުމުރުން 30 އަހަރު ނޯރާއަކީ އާންމުންގެ ތެރޭގައި މަގުބޫލު ފަންނާނެކެވެ. ނޯރާގެ ލަވަތަކުގެ ތެރެއިން އެންމެ ބޮޑަށް މަގުބޫލުވެގެން ދިޔަ އެއް ލަވައަކީ ޖޯން އަބްރަހަމްގެ 2018 ގެ ފިލްމު "ސަތިއަމޭވް ޖަޔަތޭ" ގެ އައިޓަމް ލަވަ "ދިލްބަރު" އިންނެވެ.