މި ޒަމާނުގައި ކޮންމެވެސް އެއް ބަޔަކު ރުޅިނާންނަ ގޮތަށް އެއްވެސް ކަމެއް ނުކުރެވެ އެވެ. ބޮލީވުޑްގެ ތަރިން ކަމަށްވާ ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރުގެ ފުރަތަމަ ދަރިފުޅަށް ތައިމޫރު ކިޔުމުން އެކަމާ ހިތްހަމަ ނުޖެހުނު މީހުން ވެސް ތިއްބެވެ.
އެކަމާ ހިތްހަމަނުޖެހިގެން ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި އިންޑިއާ ހިސާރުކުރަން އުޅުނު ތުރުކީގެ ވެރިޔާ ކަމަށްވާ ޓިމޫރުގެ ނަމާ ގުޅުވައިގެން އެ ދެ މީހުންގެ ދަރިފުޅަށް ނަން ކިޔައިގެން ނުވާނެ އެވެ.
ދާދި ފަހުން ކަރީނާ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ފުރަތަމަ ދަރިފުޅުގެ ނަމާ ގުޅުވައިގެން އުފެދުނު މައްސަލަތަކާ ގުޅިގެން ދެވަނަ ދަރިއަށް އަވަސް އަރުވާލައިގެން ނަން ކިޔަން ބެނުންނުވާ ކަމަށެވެ.
"ކުރީ ފަހަރު ކަންތައްވީ ގޮތުން އަހަރެންނާއި ސައިފްއާ ވެސް އަދި ނަމަކާ މެދު ނުވިސްނަން. އެކަން ބާއްވާނީ އެންމެ ފަހު ވަގުތަށް،" ކަރީނާ ބުންޏެވެ.
އެމެރިކާއާއެކު ބޭއްވި މަޝްވަރާތަކަކީ އުންމީދީ ފެށުމެއް: އައްބާސް
ޗައިނާގެ 73 މީހަކު ފުޓުބޯޅައިން އުމުރަށް ސަސްޕެންޑް ކޮށްފި
2030 ވަނަ އަހަރުގެ ވޯލްޑް ކަޕުން ކޮންކާކަފް އަށް 6 ޖާގަ ލިބޭނެ
