އިންޑިޔާގެ ނަން މަޝްހޫރު ނެށުންތެރިޔާ އަދި ޑައިރެކްޓަރު ރެމޯ ޑި ސޫޒާއަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާ ދެމުން އެބަގެންދެ އެވެ.

އަހްމަދު ޚާން ވަނީ އިންޑިޔާގެ ގައުމީ ޓީވީ ޗެނަލަކަށް ދިން ބަސްދީގަތުމެއްގައި މިކަން ޔަގީންކޮށްދީފަ އެވެ.

ބޮމްބޭގައި ހުންނަ ކޮކިލާ ބެން ދިރުބައި އަމްބާނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ރެމޯގެ އެންޖިއޯޕްލާސްޓީ ސާޖަރީ ހަދާފައިވާއިރު ހާލު ރަނގަޅުކަމަށް ރިޕޯޓުތައް ބުނެ އެވެ. އެއާއެކު މިހާރު ރެމޯ ވަނީ އައިސީޔޫ އިން ވޯޑަށް ބަދަލުކޮށްފަ އެވެ.

ރެމޯ އާއި އެކު ހޮސްޕިޓަލްގައި އަންހެނުން ލިޒެލް ޑި ޒޫޒާ ހުރިއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ފެނުން ދަނީ އަވަސް ޝިފާއަކަށް އެދި މެސެޖު ފޮނުވަމުންނެވެ.

ރެމޯ އަކީ ނެށުމުގެ ދާއިރާއިން އިންޑިއާގެ ގައުމީ އިނާމު ހޯދާފައި ހުރި ފަންނާނެކެވެ. އޭނާއަށް ގައުމީ އެވޯޑް ލިބުނީ "ދީވާނީ މަސްތާނީ" މި ލަވައިންނެވެ.

ނެށުމުގެ އިތުރަށް ރެމޯ އަކީ ޑައިރެކްޓަރެއްވެސް މެ އެވެ. އެގޮތުން އެންމެ ފަހުން އޭނާ ޑައިރެކްޓް ކޮށް ނެރުނު ފިލްމަކީ "ސްޓްރީޓް ޑާންސާ 3" އެވެ. މީގެ އިތުރުން ރެމޯ ވަނީ "އޭބީސީޑީ"، "އޭބީސީޑީ 2" އަދި "ފްލައިން ޖާޓް" ފަދަ ފިލްމުތައް ޑައިރެކްޓް ކޮށްފަ އެވެ.