ކިންގް ސަލްމާން މިސްކިތުގެ އިމާމަކަށް ރާއްޖޭގެ މަޝްހޫރު ދީނީއިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސައިންގެ ދަރިކަލުން ޢައްމާރު އިލްޔާސް އައްޔަން ކޮށްފި އެވެ.
އެ މިސްކިތުގެ އިމާމުގެ މަގާމަކީ މިނިސްޓަރުގެ ނައިބު ފެންވަރުގެ މަގާމެކެވެ. އެ މަގާމުގެ މުސާރަ އަކީ ކޮންމެ މަހަކު 35,000 ރުފިޔާ އެވެ.
ދެން މިނިސްޓަރުގެ ނައިބު ފެންވަރުގެ މަގާމެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އިސްލާމީ މަރުކަޒުގެ އިމާމެވެ. އެ މިސްކިތުގެ އިމާމަކީ އައްޝައިޚް އިބްރާހީމް ރަޝީދު ހަސަން އެވެ.
ޢައްމާރު އިލްޔާސް އަކީ މަދީނާގެ އިސްލާމިކް ޔުނިވާސިޓީން ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
މީގެއިތުރުން ޝައިޚް އިލްޔާސަށް ވެސް ސަރުކާރުން ވަނީ ސިޔާސީ މަގާމެއް ދީފަ އެވެ. އެއީ މެލޭޝިޔާ އެމްބަސީގެ ސިޔާސީ މަގާމެކެވެ.
އެލްޖީއޭ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީން ކާމިޔާބުކޮށްފި
އެމެރިކާއިން ޔޫކްރޭނަށް 2.1 ބިލިއަން ޑޮލަރުގެ މިސައިލް ވިއްކަނީ
މަޝްހޫރު ފިލްމް ޕްރޮޑިއުސަރު ސަންޖޭ ގުޕްތާ މަރުވެއްޖެ
