އުރްފީ ޖާވޭދްއަކީ އިންޑިއާގެ ނޫސްތަކާއި، އެކި ހަބަރުތަކުގެ ސުރުހީގައި ފަހަކަށް އައިސް ވަރަށް ގިނައިން ފެންނަ ނަމެކެވެ.

އުރްފީއާ ގުޅިގެން އެންމެ ގިނައިން ދެކެވޭ ވާހަކައަކީ އޭނާ ހެދުން އެޅުމުގައި ބަހައްޓާ ވައްޓަފާޅިއާ ގުޅިގެން ދެކެވޭ ވާހަކަތަކެވެ. އެކަމުގެ ސަބަބުން އޭނާއަށް އާންމުންގެ ތެރޭގައި ބޮޑު މަޝްހޫރުކަމެއް ލިބިފައިވާއިރު، އުރްފީއަށް މަލާމާތްކޮށް، ފާޑުކިޔާ މީހުން ވެސް މަދެއް ނޫނެވެ.

އެހެން ނަމަވެސް އެ މަޝްހޫރުކަން ނުލިބުނު ނަމަ އޭނާ ކުރާނެ ކަމަށް ބުނި މަސައްކަތް އޭނާގެ ދާއިރާއާާ ވަރަށް ތަފާތެވެ. އެގޮތުން ދާދި ފަހުން އިންޑިއާގެ ނޫހަކުން ކުރި އިންޓަވިއުއެއްގައި ނޫސްވެރިއަކު ވަނީ، އުރްފީއަށް މަޝްހޫރުކަން ނުލިބުނު ނަމަ އޭނާ ކުރާނީ ކޮން މަސައްކަތެއްތޯ، ނުވަތަ ކުރިއަށް ދާނީ ކޮން ދާއިރާއަކުންތޯ ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބުދެމުން އުރްފީ ބުނީ، އާންމުންގެ ތެރޭގައި މަޝްހޫރު ނުވިނަމަ، އޭނާ އިންނާނީ މެކްޑޮނަލްޑްސް ކަހަލަ ތަނެއްގައި ބާގާ ހަދަން ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ބުނެފައި ވަނީ، ފެޝަން ޑިޒައިނިން ފިޔަވައި އުރްފީއަށް އެއްވެސް ކަމެއް ނޭނގޭތީ ކަމަށެވެ.

އުރްފީއަށް އޭނާގެ އުފެއްދުންތައް އާންމުންނަށް ދައްކައިލަނީ އަމިއްލައަށް އެ ހެދުން ލައިގެންނެވެ. އޭގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު ފެޝަން ޑިޒައިން ކުންފުނިތަކުގެ ނަޒަރު އުރްފީއަށް ހުއްޓުނު ނަމަވެސް އިންޑިއާގެ އާންމުން އުރްފީގެ ސްޓައިލް ސިފަކުރަނީ ޖޯކަރެއްގެ ގޮތުގަ އެވެ.