ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެންމެ ކާމިޔާބު ބޮލީވުޑް ތަރިއެއްގެ ގޮތުގައި އައިޝްވަރްޔާ ރާއި ފާހަގަކޮށްލެވެ އެވެ. އޭނާ ވަނީ މުޅި ދުނިޔޭގެ އެންމެ ރީތި އަންހެނުންގެ ތެރޭގައި ވެސް ހިމެނިފަ އެވެ.

ނަމަވެސް އުމުރާއެކު އައިޝްވަރްޔާގެ ސޫރައަށް ބަދަލުތައް އައިސްފައިވާއިރު، އޭނާ އިތުރަށް ރީތިވުމަށްޓަކައި ސޫރައަށް އެކި ބަދަލުތައް ގެނެސްފައިވާކަން އާންމުންނަށް ވަނީ ފާހަގަވެފަ އެވެ.

އެގޮތުން އޭނާގެ ކޯ އާދަޔާ ހިލާފަށް ބޮޑުކޮށްފައިވާ ކަމަށާއި، ތުންފަތުގެ ބޮޓޮކްސް ހަދާފައިވާކަން ވަނީ ހާމަވެފަ އެވެ. ނަމަވެސް އާންމުންނަށް އައިޝްވަރްޔާގެ ސޫރައަށް އައި މިބަދަލު ކަމަކު ނުދިޔަ އެވެ.

އައިޝްވަރްޔާ އޭނާ އެންމެ ފަހުން ކުޅުނު ފިލްމު ކަމަށްވާ "ޕޮނިއްޔިން ސެލްވާން" ޕްރޮމޯޓުކުރުމަށް އިވެންޓުތަކުގައި ހުރި ފޮޓޯތައް ސޯޝަލްމީޑިއާގައި ދައުރުވާން ފަށާފައިވާއިރު، އާންމުން ދަނީ އެ ފޮޓޯތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން އާންމުން ސިފަކުރި ގޮތުގައި އައިޝްވަރްޔާ ރީތިވުމަށް ހެދި ބޮޓޮކްސްއިން އޭނާ އިތުރަށް ހަޑިކަމަށް ދައްކާކަމަށް އާންމުން ބުނެފައިވެ އެވެ.

އައިޝްވަރްޔާ އަކީ ކާމިޔާބު އެތައް ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދިން އެއް ފަންނާނެވެ. ހަމައެހެންމެ ގިނަ ބަޔަކަށް އެންމެ ކަމުދާ އެއް އެކްޓްރެސްއެއްގެ ގޮތުގައި އަދިވެސް އައިޝްވަރްޔާވާކަން ފާހަގަކޮށްލެވެ އެވެ.