ބޮލީވުޑްގައި މަޝްހޫރު ދެ ތަރިން ކަމަށްވާ ވިކީ ކައުޝަލް އާއި ކެޓްރީނާ ކައިފް ކައިވެނި ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެ ދެ މީހުންގެ ލޯބީގެ ވާހަކަތައް މީޑިއާ އާއި އެ މީހުން ސޯޝަލް މީޑިއާގައި އަންނަނީ ހިއްސާ ކުރަމުންނެވެ.

ވިކީ އާއި ކެޓްރީނާ އަކީ ބޮލީވުޑްގައި މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ޖޯޑެވެ.

ދާދި ފަހުން ކެޓްރީނާ ވަނީ އޭނާގެ ފިރިމީހާގެ ފަރާތުން ލިބޭ އަޅާލުމާއި، ލޯބިންކޮށްދޭ ކަންކަން ސިފަކޮށްދެމުން، ކެޓްރީނާއަށް ނިދަން އުނދަގޫވެއްޖެނަމަ، އޭނާގެ ފިރިމީހާ ލަވަކިޔައިދީ ހަދާކަންވެސް ހާމަކޮށްފަ އެވެ.

"ވިކީ އަކީ ލަވަކިޔުމާއި ނެޝުމަށް ފޯރި ހުންނަ މީހެއް. އަދި އެތައް ފަހަރަކު އަހަންނަށް ނުނިދިގެން އުޅޭ ވަގުތުތަކުގައި އަހަރެން އަބަދުވެސް އޭނާ ކައިރީ އެދެން ލަވައެއް ކިޔައި ދިނުމަށް،" ކެޓްރީނާ ދިން އިންޓަވިއުއެއްގައި ފާހަގަކޮށްފައިވެ އެވެ.

ކެޓްރީނާ ބުނީ ވިކީ އަކީ ރީތިކޮށް ލަވަކިޔާ މީހެއް ކަމަށެވެ. އަދި ދެ މީހުން އެކުގައި ވަރަށް ގިނައިން ނަށާ ހަދާ ކަމަށާއި ދެ މީހުންގެ އުފާވެރި ވަގުތުތައް ވަރަށް ގިނައިން ނެށުމުގައި ހޭދަކުރާ ކަމަށް ބުންޏެވެ.

ވިކީ އާއި ކެޓްރީނާ

ކެޓްރީނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 4 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ "ފޯންބޫތު" އެވެ. މީގެ އިތުރުން ކެޓްރީނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ވިޖޭ ސެތޫޕަތީ އާއެކު "މެރީ ކްރިސްމަސް" އާއި އާލިއާ ބަޓް އާއި ޕްރިޔަންކާ ޗޯޕްރާ އާއެކު "ޖީ ލެ ޒަރާ" އަދި ސަލްމާން އާއެކު "ޓައިގާ 3" ހިމެނެ އެވެ.

ވިކީ މިހާރު ދަނީ އޮޓޯބަޔޮގްރަފިކަލް ޑްރާމާ "ސޭމް ބަހާދުރު"ގެ ފިލްމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ އިތުރުން ސާރާ އަލީ ޚާން އާއެކު ފިލްމެއްގެ މަސައްކަތް ވަނީ ފެށުމަށް ތައްޔާރުވެފަ އެވެ. އަދި ބޫމީ ޕެޑްނޭކަރާއި ކިއާރާ އަދްވާނީ އާއެކު "ގޯވިންދާ ނަމް މެރާ" ފެނިގެންދާނެ އެވެ.