ބޮލީވުޑްގެ މަޝްހޫރު ތަރި، އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު މިއަހަރު ކައިވެނި ކުރި ފަހު އެދެ ފަންނާނުންގެ ވާހަކަ މީޑިއާގައި އަބަދުވެސް ދައްކަ އެވެ. އެ ދެމީހުން ކައިވެނިން ފެށިގެން މިއަދާ ހަމައަށް އައިރު ތަފާތު ހެޑްލައިންތައް މީޑީއާގައި އަންނަނީ ތިލަވަމުންނެވެ.
އެގޮތުން އާލިއާގެ ކައިވެންޏަށް ތިން މަސް ފަހު އޭނާ ބަނޑުބޮޑުވުމާއެކު ހެޑްލައިންތަކުން ޖާގަ ހޯދާ ވަރު ގިނަ އެވެ. އާލިއާ ވިހާނެ ކަމަށް ބެލެވިފައިވަނީ ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހު ކަމަށް ލަފާކުރެވިގެންދާއިރު އޭނާ ވިހާނެ ސީދާ ތާރީހެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
އެހެން ނަމަވެސް އެ މައުލޫމާތު އެނގޭ ގާތް މީހަކު އީޓައިމްސް އަށް ބުނެފައިވާގޮތުގައި، އޭނާ ވިހާނެ ކަމަށް ބެލެވެނީ ނޮވެމްބަރު 20 އާއި 30 އާ ދެތެރޭގަ އެވެ.
އަދި ބޮޑަށް ބެލެވިފައި ވަނީ އާލިއާގެ ދައްތަ ޝަހީންގެ އުފަން ދުވަސް ކަމަށްވާ ނޮވެމްބަރު 28 ގައި އަލިއާ ވިހާފާނެ ކަމަށްވެސް ބުނެފައި ވެއެވެ. އެހެންކަމުން އެ ހިސާބުގައި އާއިލާ ދެ މީހެއްގެ އުފަން ދުވަސް އަންނާނެ ކަމަށް މި ވަނީ ބެލެވިފަ އެވެ.
އާލިއާ ވިހާނީ މުމްބާއީގެ އެޗްއެން ރިލަޔަންސް ހޮސްޕިޓަލުގަ އެވެ.