ރާއްޖޭގެ ދެކުނުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ރާއްޖޭގެ ދެކުނުގެ އެކި ސަރަހައްދުތަކަށް މިއަދުގެ އިރުއޮއްސި 6 އެެއް ޖަހަންދެން މޫސުން ގޯސްވާނެ ކަމަށެވެ. އަދި އެސަރަހައްދުތަކަށް ވިއްސާރަކުރުމާ އެކު ގުގުރާނެކަމަށްވެސް މެޓުން ލަފާކޮށްފައިވެ އެވެ.

އޭގެ އިތުރުން މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކޮށްފައިވާއިރު އުތުރުގެ ސަރަހައްދުތަކަށް މޫސުން ރަނގަޅުވާނެކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.

މެޓުން ބުނިގޮތުގައި ދެކުނާއި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި ހަތް ފޫޓާއި ދެމެދެވެ. އަދި އުތުރުގެ ރާޅުގެ އުސްމިނުގައި ދެ ފޫޓާއި ހަތަރު ފޫޓު މެދުގައި ހުންނާނެކަމަށް މެޓުން ލަފާކުރެ އެވެ.

މިދުވަސްރު މޫސުން ގޯސް ދުވުމާއި ގުޅިގެން ކަނޑު ދަތުރުތައް ކުރާއިރު، މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުންނާއި ކޯސްޓްގާޑުން ވެސް އިލްތިމާސްކޮށްފައިވެ އެވެ.