ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އާލިއާ ބަޓް އާއި ރަންބީރު ކަޕޫރަށް އަންހެން ކުއްޖެއް ލިބިއްޖެ އެވެ.

ދެމަފިރިންގެ އަލަތު ދަރިފުޅު އުފަންވިކަން އިއުލާންކޮށް އާލިއާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެއީ އެ ދެމަފިރިންގެ ހަޔާތުގައި ލިބުނު އެންމެ އުފާވެރި ހަބަރު ކަމަށެވެ.

"އަހަރެމެން މިއީ މިހާރު މަންމަ އަކާއި ބައްޕައެއް،" އާލިޔާގެ އިންސްޓަގްރާމް ޕޯސްޓުގައި ބުންޏެވެ.

އާލިއާއަށް އަލަތު ދަރިފުޅު ލިބުމުން އިންސްޓަގްރާމްގައި ޕޯސްޓްކުރި ލިޔުންކޮޅެއް.

އާލިއާ ވިހެއީ މުމްބާއީގެ ރިލައިންސް ފައުންޑޭޝަން ހޮސްޕިޓަލްގަ އެވެ. އާލިއާ އަލަތު ދަރިފުޅު ވިހޭ ހޮސްޕިޓަލަކީ ރަންބީރްގެ ބައްޕަ ރިޝީ ކަޕޫރް އެޕްރީލް 29، 2020 ގައި މަރުވި ހޮސްޕިޓަލެވެ.

އަލަތު މައިންބަފައިންނަށް މަރުހަބާ ކިޔާ، ބޮލީވުޑްގެ ރައްޓެހިންނާއި ފޭނުން އަންނަނީ ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުވަމުންނެވެ.

މިދިޔަ އޭޕްރީލް މަހު ކައިވެނިކުރި އާލިޔާ އާއި ރަންބީރަށް ދަރިއަކު ލިބެން އުޅޭކަން ޖޫން މަހު އިއުލާނު ކުރި އިރު، ވިހަން ވަންދެން ވެސް އާލިއާ އުޅުނީ މަސައްކަތުގަ އެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އާއި "ޖީލޭ ޒަރާ" ހިމެނެ އެވެ.