އަބީޝޭކް ބައްޗަން ވަނީ އޭނާގެ ރީތި އަންހެނުން، އައިޝްވަރްޔާ ރާއީ އާއެކު 8 ފިލްމުގައި އެކުގައި މަސައްކަތް ކޮށްފަ އެވެ.

މިހާރު އުންމީދު ކުރަނީ ދެމަފިރިން އެކުގައި މަސައްކަތް ކުރާ ނުވަ ވަނަ ފިލްމު ކަމަށްވާ އަނުރާގް ކަޝްޔަޕްގެ "ގުލާބް ޖާމޫން" އަށެވެ.

އަބީޝޭކް ބުނީ މި ޕްރޮޖެކްޓު ކުރިއަށް އޮތް ގޮތެއް އަދި ނޭނގޭ ކަމަށެވެ.

"އަހަރެން އަނުރާގް ކަޝްޔަޕް އާއި އެކު 'މަންމަރްޒިޔާ' ގައި މަސައްކަތް ކުރީ ވަރަށް ހިތްހަމަޖެހިގެން. އެ ފިލްމާއި މެދު ވަރަށް ފަޚުރުވެރިވޭ. އޭނާ އާއި އެކުއަދިވެސް މަސައްކަތް ކުރާހިތްވޭ،" އަބީޝޭކް ބުނެފައިވެ އެވެ.

އަންހެނުން އައިޝްވަރްޔާ އާއެކު މަސައްކަތް ކުރުމާ މެދު އަބީޝޭކް ބުނެފައިވަނީ އެއީ އޭނާގެ އެންމެ "ފޭވަރިޓް ކޯ-ސްޓާ" ކަމަށެވެ. އަދި ވަރަށް އަވަހަށް އެކުގައި ފިލްމެއްގެ މަސައްކަތް ކުރަން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ބުންޏެވެ.