މާޓިން ބްރަޔަންޓްއަކީ 1996 ވަނަ އަހަރު ޓެސްމޭނިއަން ޓޫރިސްޓް ލޮކޭޝަނެއްގައި ބަޑިން ހަމަލާދީ 35 މީހުން މަރާ، 23 މީހުން ޒަހަމްކޮށްލާފައި ހުރި މީހެކެވެ.

ބްރަޔަންޓްގެ މި އަމަލާއެކު އޮސްޓްރޭލިއާގެ ބޮޑު ވަޒީރަށް އެ ގައުމުގައި ފިސްތޯލަ ގެންގުޅުމުގެ އުސޫލުތަކާއި ގަވާއިދުތައް އަލުން މުރާޖައާ ކުރަން މަޖުބޫރުކުރުވި އެވެ. ނަމަވެސް މިކަންތަކަކީ އޭނާ ޖަލުގައި ހުރިއިރު އެތަނުގެ މާ މަޝްހޫރު ވާހަކަތަކެއް ނޫނެވެ.

ކުރިން ޖަލު ބެލެހެއްޓުމުގެ މަސައްކަތް ކުރި މުވައްޒަފަކު ބުނެފައިވާ ގޮތުގައި އުމުރުން 53 އަހަރުގެ މި ގައިދީ ޖަލުގައި މަޝްހޫރުވެފައިވަނީ "ބިގް ބޭބީ"ގެ ގޮތުގަ އެވެ. އަދި މާ ގިނައިން މީހުންނާ ވަހަކަ ނުދައްކާ ހުންނައިރު، އޭނާ ވެފައި ވަނީ ގައިދީންގެ މެދުގައި ބޮޑު ޖޯކަކަށެވެ. އޭނާ ދަނީ އެ ޖަލުގައި 35 އަހަރުގެ ހުކުމެއް ތަންފީޒުކުރަމުންނެވެ.

ބަޑި ޖެހުމުގެ ހާދިސާ ހިނގި އިރު އުމުރުން 28 އަހަރުގެ ބްރަަޔަންޓް މިހާރު ހުންނަނީ ހާއްސަ އެހީއަށް ބޭނުންވާ ގައިދީން ތިބޭ ހައި- ޑިޕެންޑެންސް، މެކްސިމަމް ސެކިއުރިޓީ ސެލްއެއްގަ އެވެ.

ޖަލަށްލި ފަހުން އޭނާގެ ތޫނުފިލިކަން ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އަދި އޭނާއަކީ ފޮނި ކާއެއްޗަށް ލޯބިކުރާ މީހެއް ކަމުން ބައެއް ފަހަރު ޗޮކްލެޓްގެ ބަދަލުގައި އެހެން ގައިދީންނަށް އޭނާއާއެކު ޖިންސީ ގުޅުން ހިންގުމުގެ ފުރުސަތުދޭ ކަމަށް ވެ އެވެ.

އޭނާ ކުރި ކުށުގެ އަދަބެއްގެ ގޮތުން ޖަލަށް ލާފައިވަނީ 35 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި އެއީ ކަފާލާތުގެ ދަށުން ވެސް މިނިވަން ނުވާ ގޮތަށެވެ.