ބޮލީވުޑްގެ މަޝްހޫރު ޒުވާން އެކްޓަރު ކާތިކް އާރިޔަން ކާރު ބާރަށް ދުއްވާ ވީޑިއޯއެއް އާންމުކުރުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ކާރު ބާރަށް ދުއްވާ ވީޑިއޯ އާންމުކޮށްފައި ވަނީ ކާތިކްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގަ އެވެ. އެ ވީޑިއޯގައި އޭނާގެ ކުރޫގެ ބައެއް މެންބަރުންނާއެކު ކާރު ދުއްވާއިރު، ބައެއް ވެހިކަލްތައް ކައިރިން އޯވަޓޭކްކުރާ މަންޒަރު ވެސް ފެނެ އެވެ. ކާރު ތެރޭގައި ތިބި އެހެން ބައިވެރިން ބިރުން ތިބޭތަން ފެނިގެންދެ އެވެ.

ކާތިކް ބާރު ސްޕީޑްގައި ކާރު ދުވާތީ އެކަމާއި ހިތްހަމަނުޖެހުން ބައެއް ފަރާތްތަކުން ވަނީ ފާޅުކޮށްފަ އެވެ. އަދި ކާރު ބާރު ސްޕީޑުގައި ދުއްވުމަކީ ނުރައްކާތެރި ކަމެއް ކަމަށްވެސް ބައެއް ފަރާތްތަކުން ބުންޏެވެ.

ބައެއް މީހުން ކާތިކް އަށް ފަޑުކީ ނަމަވެސް، އެއްބަޔަކު ވަނީ އޭނާއަށް ތައުރީފުކޮށްފަ އެވެ.

ކާރްތިކް މިހާރު ގުޖުރާތުގައި އުޅެނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ސަތުޔާޕްރޭމް ކީ ކަތާ" ގެ ޝޫޓިން އަށެވެ. އެ ފިލްމުގައި ކިއާރާ އަދުވާނީ ވެސް ފެނިގެންދާނެ އެވެ.

https://www.instagram.com/reel/CknmcQmjbFJ/?utm_source=ig_embed&ig_rid=1877e371-093c-46f6-93f7-ad14075d018f

ކާރްތިކް އެންމެ ފަހުން ފެނިގެންދިޔައީ މިއަހަރު ނެރުނު "ބޫލް ބުލާޔާ 2" އިންނެވެ. އެފިލްމު ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. "ބޫލް ބުލަޔާ 2" ބޮޑު ކާމިޔާބީއެއް ލިބުމުން އެފިލްމުގެ ޑައިރެކްޓަރު ވަނީ ކާތިކްއަށް އަގު ބޮޑު ކާރެއްވެސް ހަދިޔާ ކޮށްފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކާތިކް އަތުގައި ގިނަ އަދަދެއްގެ ކާރުތައް ހުރެ އެވެ. އަދި އޭނާ އަކީ ކާރު ގެންގުޅުމަށް ލޯބި ކުރާ ފަންނާނެކެވެ.

ކާރްތިކް އާރިޔަންގެ ކުރިއަށް އޮތް ފިލްމު "ފްރެޑީ" އެވެ. ޑިޒްނީ ހޮޓްސްޓާގައި އަންނަ މަހު 2ގައި ރިލީޒް ކުރާ އެ ފިލްމުގެ ޓީޒާ ވަނީ އާންމުކޮށްފަ އެވެ. ދަތުގެ ޑޮކްޓަރެއްގެ ރޯލުން ކާރްތިކް ފެންނާނެ އެ ފިލްމު ބެލުންތެރިންނަށް ކަމުދާނެ ކަމަށް ބެލެވެ އެވެ.

ކާތްރިކްގެ ކުރިއަށް ހުރި މަސައްކަތްތަކުގެ ތެރޭގައި "އާޝިގީ 3" އާއި "ޝެހެޒާދާ" އަދި "ސަތިޔަ ޕްރޭމް ކީ ކާތާ" ހިމެނެ އެވެ.