ޓީވީ އާއި ފޯނު ފަދަ ތަކެއްޗަށް ގިނައިން ބެލުމުން ލޮލަށް ލިބިގެންދާ ގެއްލުންތައް ކުޑަކުރުމަށް އަމިއްލައަށް ކުރެވިދާނެ ކަންތައްތަކެއް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ ކިޔައިދީފި އެވެ.

ބަތަލާ ޝިލްޕާ ޝެޓީ ވަނީ އޭނާގެ ސޯޝަލް މީޑިއާ ކައުންޓްތަކުގައި ކޮމްޕިއުޓާ ވިޝަން ސިންޑްރޯމްއާ ބެހޭ ގޮތުން ވީޑިއޯއެއް ހިއްސާކޮށްފަ އެވެ.

އެވީޑިއޯގައ ޝިލްޕާ ބުނެފައިވަނީ ސްކްރީންތަކަށް މެދުނުކެނޑި އެކްސްޕޯޒްވުމުގެ ސަބަބުން ހިކި، ލޯ ރަތްވުން ފަދަ މައްސަލަތައް ދިމާވާ ކަމަށެވެ.

"އަހަރެން ދާދި ފަހުން ކޮންމެވެސް ތަނަކުން ކިޔާލީ ސްކްރީންތަކަށް މެދުނުކެނޑި ހުށަހެޅުމުން ލޯ ހިކި، ރަތްވުން. މިހާރު އާންމުކޮށް ކިޔަނީ ކޮމްޕިއުޓާ ވިޝަން ސިންޑްރޯމް." ޝިލްޕާ ބުންޏެވެ.

ކްލީންސިން ރޫޓިން ކުރުމަށް ކޮންމެ ދުވަހަކު ވެސް ވަގުތުކޮޅެއް ހުސްކުރަން ޝިލްޕާ ވަނީ އިލްތިމާސްކޮށްފަ އެވެ. އެ ވަގުތު ސްކްރީނާ މުޅިން ދުރަށް ޖެހުމަށް ފަހު އިނގިލިތައް ބޭނުންކޮށްގެން ލޮލުގެ ވަށައިގެން ރަނގަޅަށް މަސާޖް ކުރުމުން ލޮލަށް ދިމާވާ އުނދަގޫތަކުން ދުރުވާނެ ކަމަށް ޝިލްޕާ ބުންޏެވެ.

މި ރޫޓިންގެ ސަބަބުން ލޮލުގެ ފެނުން ރަނގަޅުކޮށްދޭނެކަން ފާހަގަކޮށް، އޭނާ ބުނީ، މިކަމުގެ ސަބަބުން، ލޯ ކައިރިއަށް ލޭ ދައުރުވުން އިތުރުކޮށް، ކޮންސެންޓްރޭޝަން ރަނގަޅުކޮށްދޭނެ ކަމަށެވެ.

"ޓެކްނޮލޮޖީން ދުރުހެލި ނުވެވޭއިރު، އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ، އެކަށީގެންވާ ތެތްކަން ހިފެހެއްޓިގެން އަޅުގަނޑުމެންގެ ލޮލަށް ރަނގަޅަށް ފަރުވާ ދިނުން" ޝިލްޕާ ބުންޏެވެ.

ޝިލްޕާގެ ފިލްމީ ދުނިޔޭގެ މަސައްކަތްކަށް ޖެހިލާއިރު، އޭނާ އަންނަނީ ވެބް ސީރީޒެއްގެ މަސައްކަތް ކުރަމުންނެވެ. ސިދާތު މަލްހޯތުރާ އާއި ވިވެކް އޮބެރޯއީއާ އެކު ސްކްރީން ހިއްސާކުރާ ކޮޕް އެކްޝަން ޑްރާމާ ޝޯ "އިންޑިއަން އެއާފޯސް" އިން ޝިލްޕާ ފެނިގެން ދާނެ އެވެ. ރޯހިތު ޝެޓީ ޕްރޮޑިއުސްކުރާ މި ސީރީޒް އަންނަ އަހަރު އެމެޒޯން ޕްރައިމް ވީޑިއޯ އިން ދައްކަން ފަށާނެ ކަމަށް ބެލެވެ އެވެ.