ރާއްޖޭގެ ޓެކްސް އަވަހަށް ބޮޑުކުރުމަކީ މާނަވީ ގޮތެއްގައި އާމްދަނީ އިތުރު ކުރުމަށް އެޅޭނެ ރަނގަޅު ފިޔަވަޅެއް ކަމަށް ވޯލްޑް ބޭންކުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑައިރެކްޓަރު ފާރިސް ހަދާދް ޒާވޯސް ވިދާޅުވެއްޖެ އެވެ.
ފާރިސް މިއަދު ސޯޝަލް މީޑިއާގައި ލިޔުއްވާފައި ވަނީ ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގު ބޮޑުވުމުގެ ސަބަބުން ދިވެހި ސަރުކާރުގެ ފިސްކަލް ޕޮޒިޝަނާއި ބެލެންސް އޮފް ޕޭމަންޓު ދަށްވެއްޖެ ކަމަށެވެ.
ސަރުކާރެއްގެ ފިސްކަލް ޕޮޒިޝަނަކީ އެ ސަރުކާރަކުން ނަގާ ޓެކުހާއި ކުރާ ހޭދައިގެ ސަބަބުން އެތެރޭގެ އުފެއްދުންތަކުގެ ޑިމާންޑާއި އުފެއްދުމުގެ ކޮލިޓީ އާއި މިންވަރަށް ކުރާ އަސަރެވެ. ބެލެންސް އޮފް ޕޭމަންޓަކީ ގައުމަށް ވަންނަ ފައިސާ އާއި ބޭރުވާ ފައިސާ ގުނައި ނެރޭ ހިސާބެކެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ މުދަލާއި ހިދުމަތުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ. ސަރުކާރުން ހުށަހެޅީ ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް ބޮޑުކޮށް، ޓީޖީއެސްޓީ 12 ޕަސެންޓުން 16 އަށް އިތުރު ކުރުމަށެވެ.
ޓެކްސް ބޮޑުކުރަން ކުރަމުންދާ މަސައްކަތަށް އެމްޑީޕީގެ ރައީސް އިސްވެ ހުންނަވައި ގެންދަވަނީ ހުރަސް އަޅުއްވަމުންނެވެ.
ވޯލްޑްކަޕް ކަވަރޭޖް ފުޅާކުރަން ޓިކްޓޮކްއާއެކު އެއްބަސްވުމަކަށް
އަމްޖުގެ ހަނދާނުގައި ފެންވަޅެއް ބަހައްޓަން ފައިސާ ހަމަކޮށްފި
ފާހާނާގައި ފޯނު ބޭނުން ކުރުމަކީ ނުރައްކާ ކަމެއް!
