ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް މާދަމާރޭ ހުޅުމާލޭގައި ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.
އެ ޖަލްސާ ބާއްވަން ނިންމާފައި ވަނީ މާދަމާ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކްގަ އެވެ. މާދަމާ ރޭ 9:00ގައި ފަށާ އެ ޖަލްސާއަށް 8:00އަށް ހާޒިރުވުމަށް ޕީއެންސީން ދަނީ ސަރުކާރުގެ މުވައްޒަފުންނަށް އަންގަމުންނެވެ.
އެއީ ސަރުކާރުގެ ފަރާތުން ބާއްވާ ޖަލްސާއެއް ކަމެއް ނުވަތަ ޕީއެންސީން ބާއްވާ ޖަލްސާއެއް ކަމެއް އަދި ސާފެއްނުވެ އެވެ.
މިފަދަ ޖަލްސާތަކަށް ވަޒީފާގެ ބިރުދައްކައިގެން މަޖުބޫރުކޮށްގެން މީގެފަހުން ވަނީ މުވައްޒަފުން ގެންގޮސްފަ އެވެ.
ދާދިފަހުން ވަނީ އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ނަމުގައި ބޮޑު ޖަލްސާއެއް މާލޭގައި ބާއްވާފަ އެވެ. އެ ޖަލްސާއަށް ހާޒިރުވުމަކީ މަޖުބޫރު ކަމެއް ކަމަށް ސިވިލް ސާވިސްގެ މުވައްޒަފުންނަށް އޮތީ އަންގާފަ އެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް މަޖުބޫރުކޮށްގެން އެ ޖަލްސާއަށް ގެންދިޔަ އެވެ.
އިތުބާރުގެ މައްސަލައާއެކު ޖޯ ޖޯނަސް އާއި ޓަޓިއާާނާ ވަކިވެއްޖެ
ގައުމީ ހަރަކާތުން ބާއްވާ ބޮޑު އެއްވުން ޑިސެމްބަރު 4 ގައި ބާއްވަނީ
ދެ މިލިއަން ފީފާގެ ތެޔޮ ހިފައިގެން ދިޔަ ޓޭންކަރެއް އަޑިއަށްގޮސްފި
