ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ހާނުގެ އަންހެން ދަރިފުޅު ސާރާ އަލީ ހާން އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަލަށް ވިދަމުން އަންނަ ކްރިކެޓް ކުޅުންތެރިޔާ ކުޅުންތެރިޔާ ޝުމަބް ގިލް އެއްބަސްވެއްޖެ އެވެ.
ކުރިއަރަމުން އަންނަ ބަތަލާ ސާރާ އާއި ޝުބަމްގެ ލޯބީގެ ވާހަކަތައް ދެކެވެން ފަށާފައި ވަނީ އެ މީހުން ރެސްޓޯރަންޓެއްގައި ކާން ތިބި ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވާ ފެށުމުންނެވެ. މި ވާހަކަތައް ދެކެވޭތާ ދުވަސްކޮޅެއް ފަހުން ޝުބަމް ވަނީ އޭނާ އާ ސާރާގެ ގުޅުމެއް އޮންނަ ކަމަށް އެއްބަސްވެފަ އެވެ.
ޕަންޖާބު ޗެޓް ޝޯއެއްގައި ވާހަކަ ދައްކަމުން 23 އަހަރުގެ ޝުބަމް ބުނި ގޮތުގައި ބޮލީވުޑްގެ ޒުވާން ބަތަލާއިންގެ ތެރެއިން އެންމެ ފިޓް ބަތަލާއަކީ ސާރާ ކަމަށެވެ. އަދި އޭނާ އާއި ސާރާގެ މެދުގައި ލޯބީގެ ގުޅުމެއް އޮވޭތޯ ޝޯގެ ހޯސްޓް ކުރި ސުވާލުގެ ޖަވާބުގައި ޝުބަމް ބުނެފައިވަނީ ފަހަރެއްގައި އެއީ ތެދަކަށް ވެދާނެ ކަމަށެވެ. އެހެން ކަމުން އެމީހުން އުޅެނީ ރައްޓެހިވެގެން ކަމަކަށް ބެލެވޭކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އަނެއްކޮޅުން އެ މީހުން ރައްޓެހިވެގެން އުޅޭކަމުގެ އަޑުއަރާފައިވާއިރު ޝުބަމް އާއި އިންޑިއާގެ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން ސަޗިން ތެންދުލްކާރުގެ ދަރިފުޅު ސާރާ ރުޅިވި ކަމަށް އަޑުއެރިތާ އަދި މާގިނަ ދުވަހެއް ނުވެ އެވެ.
ސާރާ އަލީ ޚާން އަކީ އެކްޓަރުން ކަމަށްވާ ސައިފް އަލީ ޚާން އާއި އަމްރިތާ ސިންގްގެ ދޮށީ އަންހެން ދަރިފުޅެވެ.
މިފަހުން ކޮފީ ވިތު ކަރަންގައި ކަރަން ޖޯހަރު ވަނީ ސާރާ އާއި ޒުވާން ތަރި ކާތިކް އާރިޔަން ރައްޓެހިވި ކަމަށް ވެސް ބުނެފަ އެވެ. އެކަމަކު އެމީހުން މިހާރު ރުޅިވެފައިވާއިރު ސާރާ އެ ޝޯގައި މިފަހުން ބުނީ ތެލޫގޫ ތަރި، ވިޖޭ ދެވަރަކޮންޑާ އޭނާއަށް ވަރަށް ކަމުދާ ކަމަށެވެ.
އެހެންވެ ސާރާ އާއި ޝުބަމް އަށް އެކުގައި ހޭދަކުރެވީ ކިހާ ދުވަހެއްތޯ މިހާރު ވަނީ ސުވާލު އުފެދިފައި އެވެ. ސަބަބީ ސާރާއަކީ އެކަކަށްވުރެ ގިނަ މީހުންނަށް ހިތް ކިޔާމިހަކަށް ވުމެވެ.