މާލެ ސަރަހައްދުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 13 ކިލޯގެ މަސްތުވާތަކެއްޗާއި، 600،000 އަށް ވުރެ ގިނަ ފައިސާ އަތުލައިގެންފި އެވެ.
ފުލުހުން ރޭ ހިންގި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު އާއްމުކުރައްވަމުން ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގެ ދެ ގެއަކާއި ހުޅުމާލޭގެ ގެސްޓް ހައުސްއެއް ބަލާ ފާސްކުރުމަށްފަހު ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ދިވެހި ފައިސާ އަތުލައިގެންފައިވާ ކަމަށެވެ.
ފުލުހުން ހިންގި މި އޮރޭޝަންގައި 13.56 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފަ އެވެ. އަދި މަސްތުވާތަކެތި ފެނުނު ތަންތަނުން ޖުމްލަ 644،000 ރުފިޔާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
މި އޮޕަރޭޝަނަކީ ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޓީމުތަކުން ރޭ ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަން އަދިވެސް ހުއްޓާނުލާ ދަނީ ކުރިއަށެވެ. މި މައްސަލާގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް ނުބުނެ އެވެ. ފުލުހުން މިފަހުން ހިންގާ އެކި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ދަނީ އަތުލައިގަންނަމުންނެވެ.
ފިޓްނަސް ކޯޗިން އިން އަޝަމްއަށް ލިބުނީ އާ ދިރުމެއް!
"މުއިއްޒު އެއްވެސް ކޮމިޓީއެއްގައި ނީންނަވާ، ހިސާބުޖެހީ އަދުރޭ"
މެދުކެނޑުމަކަށްފަހު ކަސްރަތު ކުރަން ފަށާނަމަ ސަމާލުވާން ޖެހޭ!