އެންމެ ބޮޑު އާމްދަނީއެއް މިއަހަރު ލިބުނު ސެލެބްރިޓީއަކީ ކައިލީ ޖެނާ ކަމަށް ފޯބްސް އިން ބުނެފި އެވެ.

އެންމެ ބޮޑު އާމްދަނީއެއް ލިބުނު ތަރިންގެ ލިސްޓުގެ އެއްވަނަ ހޯދި، އެމެރިކާގެ ރިއަލިޓީ ޓީވީ ތަރި ކައިލީ ޖެނާގެ އާމްދަނީއާ ގުޅޭ ގޮތުން ފޯބްސް އިން ބުނީ ކައިލީއަށް މިއަހަރުގެ އެކި ގޮތް ގޮތުން އާމްދަނީގެ ގޮތުގައި 6.1 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ.

މި އާމްދަނީ އާއެކު ކައިލީގެ ޖުމްލަ މިލްކިއްޔާތު 700 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ފޯބްސް އިން އަންދާޒާ ކުރެ އެވެ.

ކައިލީ ޖެނާއަށް މިއަހަރު އެންމެ ގިނަ އާމްދަނީ އެއް ލިބިފައިވަނީ އޭނާގެ އަމިއްލަ ކޮސްމެޓިކް ކުންފުނީގެ މެޖޯރިޓީ ހިއްސާ ކޯޓީއަށް ވިއްކާލުމުންނެވެ.

އެމެރިކާގެ މަޝްހޫރު ރިއަލިޓީ ތަރި ކައިލީ ޖެނާ

އެންމެ ގިނަ އާމްދަނީ މިއަހަރު ހޯދި ތަރިންގެ ލިސްޓުގެ އެއްވަނައަށް ކައިލީ އަރާފައިވާއިރު، ފޯބްސް އިން ވަނީ އެންމެ ޒުވާން ބިލިއަނަރުގެ މަގާމު ކައިލީ ޖެނާ އަށް މިދިޔަ އަހަރު ދިނުމަށްފަހު، މަކަރާ ހީލަތް ހެދި ކަމަށް ބުނެ އޭނާގެ ނަން ފޯބްސްގެ ބިލިއަނަރުންގެ ލިސްޓުން އުނިކޮށްފަ އެވެ.

ކައިލީގެ ފަހަތުން މިއަހަރު އެންމެ ގިނަ އާމްދަނީ އެއް ހޯދި ސެލެބްރިީންގެ ލިސްޓުގެ ދެވަނައިގައި އޮތީ 170 މިލިއަން ޑޮލަރު ހޯދައިގެން ރެޕާ ކަންޔޭ ވެސްޓް އެވެ. ކައިލީގެ އެއްބަނޑު ދައްތަ ކިމް ކާޑޭޝަންގެ ފިރިމީހާ ކާންޔޭ އަށް ބިލިއަނަރެއްގެ ދަރަޖަ ފޯބްސް އިން ވަނީ މިއަހަރު ދީފަ އެވެ. އެޑިޑަސްއާ އެކު ހަދާފައިވާ އަގުބޮޑު ޑީލްއާއެކު ކާންޔޭގެ ވިޔަފާރިއަށް ބޮޑު އާމްދަނީއެއް ލިބިގެންދިޔަ ކަމަށް މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވެ އެވެ. އެގޮތުން ކާންޔޭގެ ޔީޒީ ސްނީކާސް އަށް އެކަނި ވެސް ބިލިއަން ޑޮލަރުގެ އާމްދަނީ ވަދެފައިވެ އެވެ.

މަޝްހޫރު ރެޕް ލަވަކިއުންތެރިޔާ ކާންޔޭ ވެސްޓް

މިއަހަރުގެ އެންމެ އަގުބޮޑު ސެލެބްރިޓީންގެ ލިސްޓުގެ ދިހަ ވަނައިގައި ދެން ހިމެނެނީ ޓެނިސް ލެޖެންޑް ރޮޖާ ފެޑެރޭ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ލިއޮނަލް މެސީ އާއި ޓައިލާ ޕެރީ، ނޭމާ ޖޫނިއާ، ހޯވާޑް ސްޓާން، ލެބްރޯން ޖޭމްސް އަދި އެކްޓަރު ޑުވާން ޖޯންސަން (ދަރޮކް) ހިމެނެ އެވެ.