ސްރީ ލަންކާގައި ދަނޑުވެރިކަމާއި ފަތުރުވެރިކަމުގެ ދައިރާ އިތުރަށް ތަރައްގީ ކުރުމަށް ދިވެހި ވިޔަފާރިތަކުން އިންވެސްޓްކުރުމަށް އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ އެދިވަޑައިގެންފި އެވެ.
ލަންކާގެ ރައީސް މިކަމަށް އެދިވަޑައިގެންނެވީ ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ރަނިލްއާއެކު ބޭއްވި ބައްދަލު ކުރެއްވުމުގަ އެވެ.
ފައިސަލް އާއި ރަނިލްގެ ބައްދަލުކުރެއްވުމަށް ފަހު ލަންކާގެ ރައީސް އޮފީހާއި ހަވަލާދީ ލަންކާގެ މީޑިއާތަކުގައި ބުނެފައިވަނީ މިބައްދަލުކުރެއްވުމުގައި ދަނޑުވެރިކަމުގެ ދާއިރާގެ އިތުރުން ކްރޫޒް ޓޫރިޒަމް، އަދި މަތީ ފަންތީގެ ޓޫރިޒަމަށް ރާއްޖެއިން އިންވެސްޓުކުރުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
އަދި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ޔުނިވާސިޓީ ގާއިމްކުރުމުގައި ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމަށް ބޭނުންފުޅުވާ ކަމަށް ވެސް ރަނިލް ވިދާޅުވި އެވެ.
އެ ކަންކަމަށް އެދިވަޑައިގެންފައިވަނީ ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ސަބަބުން ކަމަށް އެ ގައުމުން ބުނެ އެވެ.
އިއްޔެގެ ބައްދަލުކުރެއްވުމުގައި އިންޑިއާ ކަނޑުގައި ޓްރެފިކްކުރާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރަސްމީ ދަތުރުފުޅެއްގެ ދައުވަތު ދެއްވަން ބޭނުންފުޅުވާ ކަމަށާއި އެ ދައުވަތު ދެއްވާނީ ޖުލައި މަހު ކުރި މުޒާހަރާތަކުގައި އަނދައި އަޅިޔަށް ހަދާލި ރަނިލްގެ ގެކޮޅު އަލުން ބިނާކުރެވުމުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އެމްޕީއެލްގެ މުވައްޒަފަކު ދެ ބޯޓު ދޭތެރެއަށް ވެއްޓި މަރުވެއްޖެ
'އަދަދު' ނޫހުގެ ސިޔާސީ ކާޓުން ސެގްމަންޓު ހުއްޓާލަން އަންގައިފި
ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ބަހަން ފަށަނީ