ޕެރިސް (17 ޑިސެމްބަރު) - ފްރާންސްގެ ރައީސް މެނުއެލް މެކްރޮން ކޮވިޑަށް ޕޮޒިޓިވް ވެއްޖެކަމަށް އެގައުމުގެ ރިޔާސީ ގަނޑުވަރުން އަންގައިފި އެވެ.

ރިޔާސީ ގަނޑުވަރުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ރައީސް ގެ ފަރާތުން ކޮވިޑް ރޯގާގެ އަލާމާތް ފެނިގެން ޓެސްޓުކުރުމުން ކޮވިޑަށް ފޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް 7 ދުވަހަށް އައިސޮލޭޓް ކުރެވިފައިވާ ކަމަށާއި އަދި ރައީސް ގެ ހާލުކޮޅު ރަނގަޅު ކަމަށެވެ.

އައިސޮލޭޓް ވިޔަސް ދުވަހުން ދުވަހަށް ކުރަންޖެހޭ މުހިންމު މަސައްކަތްތަށް ރިމޯޓްކޮށް ކުރައްވަމުން ގެންދަވާނެ ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.

ފްރާންސްގެ ކޮވިޑް ރޯގާގެ ހާލަތު ކުރިއަށްވުރެ ރަނގަޅުވެފައިވެ އެވެ. ކޮވިޑް ރޯގާއަށް 2.41 މިލިއަން މީހުން ޕޮޒިޓިވްވެފައިވެ އެވެ. އަދި މި ރޯގާގައި 59361 މީހުން މަރުވެފައިވެ އެވެ.