މިހާރު ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ފައިނަލް ޓީމަށް ލިބިގެންދާ ތަށި އާންމު ކުރުމުގެ ޝަރަފު ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދިޕިކާ ޕަޑުކޯނަށް ލިބިއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިއީ ފީފާގެ ތާރީހުގައިވެސް އެކްޓަރެއް ލައްވާ ވޯލްޑްކަޕްގެ ތަށި ދައްކާލާ ފުރަތަމަ ފަހަރު އެވެ. ވޯލްޑް ކަޕްގެ ތަށި ދައްކައިލަން ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ގިނަ ސެލެބްރިޓިންތަކަކާ އެކީ ދީޕިކާ ބައިވެރިވާނެ އެވެ.

އުމުރުން 32 އަހަރުގެ ދީޕިކާ މި އިވެންޓުގައި ބައިވެރިވުމަށް ވަރަށް އަވަހަށް ގަތަރަށް ފުރާނެ އެވެ.

ދީޕިކާގެ މި އިވެންޓު އޮންނާނީ ޑިސެންބަރު 18 ވަނަ ދުވަހު ގަތަރުގެ "ލުސައިލް އައިކޮނިކް ސްޓޭޑިއަމް"ގަ އެވެ.

ދިޕިކާއަށް ވޯލްޑްކަޕްގެ ތަށި ދައްކާލުމުގެ ޝަރަފު ލިބިފައިވާއިރު ދިޕިކާގެ ފިރިމީހާ އަދި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރަށް ވެސް ވަނީ ފައިނަލް މެޗު ބަލާލަން ދިޔުމަށް ދައުވަތު ލިބިފަ އެވެ.

ދީޕިކާ އެންމެ އަވަހަށް ފެންނަން އޮތީ އަންނަ މަހުގެ 25 ގައި ރިލީޒްކުރާ ޝާހްރުކް ޚާންގެ "ޕަތާން" އެވެ. އެކްޓަރު ރަންވީރު ސިންގްގެ އަންހެނުންގެ އެންމެ ފަހުގެ ފިލްމަކީ ފެބްރުއަރީގައި ގެނެސްދިން "ގެހަރާއިޔާ" އެވެ. އަދި މި މަހުގެ 23 ގައި ރިލީޒްކުރާ ރަންވީރުގެ ފިލްމު "ސާކަސް" ގެ ލަވައަކުން ދީޕިކާ ފެންނާނެ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ބޮލީވުޑްގެ މަޝްހޫރު އައިޓަމް ގާލް ނޯރާ ފަތުހީ މުބާރާތް ހުޅުވަން މިދިޔަ މަހުގެ 20 ގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާ ތަމްސީލުކޮށްފައިވެ އެވެ.