ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންގެ ދޮށީ ދަރިފުޅު އާރްޔަން ޚާން އަކީ ފިލްމީ ތަރިންގެ ދަރިންގެ ތެރެއިން މިހާރު އެންމެ މަޝްހޫރު އެކަކެވެ.

ގިނަ ބަޔަކު އާރްޔަން ފިލްމީ ދުނިޔެއަށް ތައާރަފްވާނެ ދުވަހަކަށް އަންނަނީ އިންތިޒާރުކުރަމުންނެވެ. އެހެން ނަމަވެސް އާރްޔަން ބޮލީވުޑަށް ތައާރަފް ވަނީ އެކްޓަރެއްގެ ގޮތުގައި ނޫނެވެ. އާރްޔަން މިހާރު އަންނަނީ ލިޔުންތެރިއެއް އަދި ޑައިރެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ތައާރަފް ވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންނެވެ.

މީގެ ކުރިން މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އާރްޔަންގެ ފުރަތަމަ ވެބް ސީރީޒް ނުވަތަ ފީޗާ ފިލްމަށް ބޭނުންވާ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެންމެ ފަހު މިވަނީ މިކަމާއި ބެހޭ ގޮތުން އާރްޔަން ވާހަކަ ދައްކާފަ އެވެ. އާރްޔަންގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މިހާރު ސްކްރިޕްޓް ލިޔެ ނިމިފައިވާ ކަމަށާއި ދެން އޮތީ" އެކްޝަން" ބުނުން ކަމަށެވެ.

އާރްޔަންގެ ފުރަތަމަ މަސައްކަތް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ އޭނާގެ ބައްޕަ ޝާހްރުކްގެ ރެޑް ޗިލީސް އެވެ. އަދި މިކަން ރެޑް ޗިލީސްވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

މިއީ ވެބް ސީރީޒެއް ކަމެއް ނުވަތަ ފިލްމެއް ކަމެއް އާރްޔަން ހާމަކޮށްފައިނުވެ އެވެ.