ބޮލީވުޑްގައި މިހާރު ވިދަމުން އަންނަ ބަތަލާ ޖާންވީ ކަޕޫރު ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.

ކުރިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ ޖާންވީ މިފަހަރު ޗުއްޓީ ހޭދަކުރަމުން އަންނަނީ ނ. އަތޮޅުގައި އަގުބޮޑު ރިސޯޓް، ސޮނެވާ ޖާނީގަ އެވެ.

ރާއްޖެ އަންނަ އެހެން ތަރިންނެކޭ އެއްގޮތަށް، ޖާންވީ ވެސް ދަނީ އޭނާގެ އިންސްޓަގްރާމްގައި އޭނާގެ ޗުއްޓީގެ ފޮޓޯތައް ހިއްސާ ކުރަމުންނެވެ.

ޖާންވީ ވަނީ މޫދު ފެންނަގޮތަށް ހުއްޓިގެން ހުރެ ފޮޓޯ ނަގައި، އެ ފޮޓޯ ވެސް އިންސްޓަގްރާމްގައި ހިއްސާ ކޮށްފަ އެވެ. އަދި އިރުއަރާއި މަންޒަރާއި އިރުއޮސޭ މަންޒަރުތައް ނަގާފައިވާކަން ފާހަގަ ކޮށްލެވެ އެވެ. އަދި ޖާންވީގެ މިފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިގެން ގޮސްފަ އެވެ.

ޖަންވީ އަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ އާއިލާއަކުން އައިސްފައިވާ ތަރި އެކެވެ.

ޖާންވީ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް

އޭނާގެ ބައްޕައަކީ މަޝްހޫރު ފިލްމީ ޑިރެކްޓަރު ބޮނީ ކަޕޫރު އެވެ. މަންމައަކީ ކުރީގެ މަޝްހޫރު އެކްޓްރެސް ސްޜީ ދޭވީ އެވެ. ސްރީ ދޭވީ މީގެ އަހަރުތަކެއް ކުރިން މަރުވެފަ އެވެ.

ޖާންވީގެ ބޭބެއަކީ މަޝްހޫރު ފިލްމީ ތަރި އަރުޖުން ކަޕޫރު އެވެ.

ޖާންވީ ބޮލީވުޑަށް ތައާރަފްވީ 2018 ވަނަ އަހަރު ނެރުނު "ދަޅަކް" އިން އެވެ. އެ ފިލްމުގައި ޖާންވީއާއެކު ފެނިގެން ދިޔައީ އިޝާން ކައްތަރު އެވެ.

ބޮލީވުޑްގެ ތަރިން ޗުއްޓީ ހޭދަކުރަން ރާއްޖެ އަންނަ މިންވަރު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ޖާންވީ އެންމެ ފަހުން ފެނިފައި ވަނީ މި މަހު އެޅުވި ފިލްމް "މިލީ" އިންނެވެ. ޖާންވީ ދެން ފެންނާނީ ނިތޭޝް ތިވާރީގެ ފިލްމް "ބަވާލް" އިންނެވެ. އޭނާއާ އެކު ފެންނާނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ވަރުން ދަވަން އަދި ރާޖް ކުމާރް ރާއޯ އެވެ.