ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕުން ވަކިވާ ގައުމުތަކުގެ މަޝްހޫރު ގިނަ ކުޅުންތެރިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަންނަށް ފަށައިފި އެވެ.

މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކުޅުންތެރިން ތެރޭގައި އިނގިރޭސިވިލާތުގެ ކެޕްޓަން ހެރީ ކޭން އާއި ބްރެޖިލްގެ ޓީމުގެ ކެޕްޓަން ތިއާގޯ ސިލްވާ ހިމެނެ އެވެ. އަދި ޖަރުމަނުގެ ކުޅުންތެރިޔާ ނިކްލަސް ފުލްކްރަގް އަންނަނީ ރާއްޖޭގައި މިވަގުތު ޗުއްޓީ ހޭދަކުރަމުންނެވެ.

ނޭމާ ޖޫނިއާ ރާއްޖެއަށް އިއްޔެ ރާއްޖެ އައި ކަމަށް ވާހަކަދެކެވުނު ނަމަވެސް އޭނާ ރާއްޖެއަށް އަދި ނާދެ އެވެ.

ބުރެޖިލް ޓީމުގެ ކެޕްޓަން ތިއާގޯ ސިލްވާ

ނޭމާ އަކީ ފުޓްބޯޅަ ކުޅުންތެރިއެއްގެ އިތުރު ހޮލީވުޑް ފިލްމެއްގައި ވެސް މަސައްކަތް ކޮށްފައިވާ ފަންނާނެކެވެ. އެގޮތުން ނޭމާ ފެނިގެން ގޮސްފައިވަނީ 2017 ގެ ފިލްމު "ޓްރިޕްލް އެކްސް: ރިޓާން އޮފް ޒެންޑަ ކޭޖް" ގައި ރޯލެއް ކުޅެފައިވާ ފަންނާނެކެވެ. މަޝްހޫރު އެކްޓަރު ވިން ޑީޒެލް ބަތަލުގެ ރޯލު ކުޅުނު ފިލްމަކީ ބޮލީވުޑްގެ ބަތަލާ ދީޕިކާގެ ފުރަތަމަ ހޮލީވުޑް ފިލްމު ވެސް މެ އެވެ.

ބްރެޒިލް ޓީމުގެ ކެޕްޓަން ތިއާގޯ ސިލްވާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ރާއްޖޭގެ އެންމެ ނަން މަޝްހޫރު ރިސޯޓެއް ކަމަށްވާ ނ. އަތޮޅުގައި އޮންނަ ސޮނެވާ ޖާނީ ގައި އެވެ.

އިންގްލެންޑް ޓީމުގެ ކެޕްޓަން ހެރީ ކޭން

މީގެ އިތުރުން އުރުގުއޭގެ ތަރި ލުއިސް ސުއަރޭޒް އާއި ބެލްޖިއަމްގެ ކީޕަރު ތިބައު ކޯޓުއާގެ އިތުރުން އުރުގުއޭގެ ޒުވާން މިޑްފީލްޑަރު ފެޑެރިކޯ ވަލްވާޑޭ ވެސް ވަނީ ރާއްޖެ އައިސްފަ އެވެ.

ގަތަރުގައި މިހާރު ކުޅެމުން އަންނަ ވޯލްޑްކަޕްގެ މެޗުތަކުން ބަލިވާ ޓީމުގެ ބައެއް ކުޅުންތެރިން ރާއްޖެ އައިސްފައިވެ އެވެ. މިމަހުގެ ތެރޭގައި ގިނަ އަދަދެއްގެ ފުޓްބޯޅަ ކުޅުންތެރިން ރާއްޖެ އައިސްފައިވާއިރު، ވޯލްޑްކަޕް ނިންމާލުމަށްފަހު ރާއްޖެއަށް އިތުރު ކުޅުންތެރިން އަންނާނެ ކަމަށް ބެލެވެ އެވެ.