ވޯލްޑް ކަޕް އާއްމުންނަށް ދެއްކުމަށް އެއްމެ ބޮޑު ލެޑް ޕެނަލްއާއެކު ކުރިއަށް ގެންދާ ބޯޅަ ފޯރީގައި ފައިނަލް މެޗު ބަލަން ދާ ފަރާތްތަކަށް އަގުހުރި ހަދިޔާތަކެއް ދޭން އެޗްޑީސީން ނިންމައިފި އެވެ.

އެޗްޑީސީ އާއި މީޑިއާ ނެޓާ ގުޅިގެން މެޗް ބަލަން ދާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ 5 ފަރާތަކަށް 5،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ގަތަރުގައި ކުރިޔަށްދާ ފީފާ ވޯލްޑް ކަޕް މެޗުތައް ހުޅުމާލޭގައި ދެއްކުމުގެ ގޮތުން "ބޯޅަފޯރި"ގެ ނަމުގައި އެޗްޑީސީން ވަނީ ހުޅުމާލޭގެ ދެ ސަރަހައްދެއްގައި ބޮޑު ސްކްރީން ބަހައްޓާފަ އެވެ.

ބޯޅަ ފޯރީގައި ފައިނަލް މެޗަށް ބޮޑު ހަދިޔާތަކެއް ލިބޭނެ

ހުޅުމާލެ ދެ ސަރަހައްދެއްގައި އެޗްޑީސީން ވަނީ 20 ފޫޓު 40 ފޫޓުގެ ބޮޑު ސްކްރީނުގައި ވޯލްޑް ކަޕް ބެލުމުގެ އިންތިޒާމް ހަމަޖައްސާފަ އެވެ. އެގޮތުން ހުޅުމާލެ ސިންތެޓިކް ޓްރެކާއި ހުޅުމާލެ ފޭސް 2 ހިޔާ ސަރަހައްދުގައި ބޮޑު ސްކްރީނުން މެޗުތައް އެޅުވުން ކޮންމެ ދުވަހަކު ވެސް ކުރިޔަށްދެ އެވެ.

އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އާންމުން ބޭނުންވާކަންކަން ދެނަގަނެ އެކަންކަން އާންމުންނަށް ފޯރުކޮށްދިނުމެވެ. އަދި ވޯލްޑް ކަޕް ނިމެންދެން މިފަދަ ގިނަ ހަރަކާތްތައް އެކި ދުވަސްތަކުގެ މަތިން ކުރިޔަށް ގެންދިޔުމަށް ވެސް މި އެ ކުންފުނިން ވަނީ ނިންމާފަ އެވެ.