ބޮލީމުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އާރިޔަން ޚާން ލަގްޒަރީ ލައިފްސްޓައިލް ބްރޭންޑެއް ބާޒާރަށް ނެރެފި އެވެ.

އާރިޔަން އާއި އޭނަގެ ދެ އެކުވެރިއަކުވެގެން ލޯންޗްކުރީ ލަގްޒަރީ ލައިފްސްޓައިލް ބްރޭންޑެއް ކަމަށްވާ "ޑި'ޔަވޯލް" އެވެ. މީގެ ދަށުން ފެޝަނާއި އެކި ކަހަލަ ބުއިންތަކާއި އިވެންޓް މެނޭޖްމަންޓްކޮށް ދިނުން ފަދަ މަތީ ފަންތީގެ އުފެއްދުންތަކާއި ހިދުމަތްތައް ފޯރުކޮށް ދޭނެ އެވެ.

"ޑި'ޔަވޯލް" ގައި ހިއްސާވާނީ އުމުރުން 24 އަހަރުގެ އާރިޔަން އާއި އޭނާގެ ދެ އެކުވެރިން ކަމަށްވާ ބަންޓީ ސިންގް އާއި ލެޓީ ބްލެގޯވާ އެވެ.

މި ބްރޭންޑާ ބެހޭ ގޮތުން އާރިޔަން ބުނީ މިކަން ހަގީގަތަކަށް ހެދުނީ ތިން މީހުންވެގެން ފާއިތިވި ފަސް އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތުގެ ތެރެއިން ކަމަށެވެ. އެގޮތުން އެންމެ ބޮޑު އަމާޒަކީ ލައިފްސްޓައިލްގެ ތެރެއަށް ޒަމާނީ ކަންކަމާއި އުފެއްދުންތައް ގެނެސްދިނުން ކަމަށް އޭނާ ބުންޏެވެ.

އާރިޔަން ޚާން އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓް

އޭނާ ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިޔުމަށް އާއިލާގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބިގެންދާ ކަމަށްވެސް އާރިޔަން ބުންޏެވެ.

ބޮލީވުޑްގެ މަގުބޫލު އެކްޓަރު ޝާހްރުކް ޚާން އާއި ގޯރީ ޚާންގެ ދަރިފުޅު އާރިޔަން ޚާން އަމިއްލަ ވިޔަފާރި ފަށާފައިވާއިރު އޭނާ އަންނަނީ ބޮލީވުޑަށް ނިކުތުމަށް ތައްޔާރުވަމުންނެވެ. އެގޮތުން އާރިޔަން އެންމެ ފުރަތަމަ ޑައިރެކްޓްކުރާ ވެބް ސީރީޒްގެ ސްކްރިޕްޓް ވަނީ ލިޔެނިމިފަ އެވެ. އާރިޔަން ބުނެފައިވަނީ އޭނާގެ ފުރަތަމަ ވެބް ސީރީޒް ގެނެސްދޭނީ އާއިލީ ފިލްމު ކުންފުނި، ރެޑް ޗިލީޒް އެންޓަޓައިންމަންޓްގެ ދަށުން ކަމަށެވެ. އަދި މިއީ ނެޓްފްލިކްސްއިން ގެނެސްދިނުމަށް ނިންމާފައިވާ ވެބް ސީރީޒެކެވެ.

އަރިއާން ޚާން

ޝާހްރުކާއި ގޯރީގެ ތިން ކުދިންގެ ތެރެއިން އަރިއަން ވަނީ އެމެރިކާގެ ޔުނިވަސިޓީއަކުން މިދިޔަ އަހަރުގެ މެއި ފިލްމު މޭކިން ދާއިރާ އިން ގްރެޖްއޭޓް ވެސް ވެފަ އެވެ.