ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އަޖޭ ދޭވްގަން އާއި ކާޖޯލްގެ އަންހެން ދަރިފުޅު ނީސާ ދޭވްގަން އަކީ ފަހަކަށް އައިސް ގިނަ ބައެއްގެ ތެރޭގައި މަޝްހޫރުވެފައިވާ "ސްޓާކިޑް" އެކެވެ.

މިފަހުން އާންމުންގެ ތެރޭގައި ނީސާ މަޝްހޫރުވާ ދެ ސަބަބެއް ވާއިރު، ފުރަތަމަ ސަބަބަކީ އެއީ ފިލްމު އިންޑަސްޓްރީގައި ފުންނާބު އުސް ދެ ތަރިންގެ އަންހެން ދަރިއަކަށް ވުމެވެ. އަދި ދެވަނަ ސަބަބަކީ ކުއްލި ގޮތަކަށް ނީސާ ހުރި ގޮތް ބަދަލުވުމެވެ.

އެގޮތުން ނީސާގެ ހަށިގަނޑަށް އައިސްފައިވާ ކުއްލި ބަދަލުތަކުގެ ތެރެއިން އާންމުންނަށް އެންމެ ބޮޑަށް ފާހަގަވެފައިވަނީ އޭނާގެ ހަމުގެ ކުލަ އަލި ވުމެވެ.

ދާދި ފަހުން އަޖޭ ދޭވްގަންގެ އަންހެން ދަރިފުޅު ނީސާ ސްޕެއިންގައި ރައްޓެހިންނާއެކު ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ވައިރަލްވެފައިވާއިރު، މިފޮޓޯތަކުގައި ނީސާ ކިތަންމެ އުފާވެފައި ހުރިނަމަވެސް އޭނާގެ ހަމުގެ ކުލައަށް ބޮޑު ބަދަލެއް ކުލިއަކަށް އައިސްފައިވާތީ ގިނަ ބަޔަކު އަންނަނީ އެކަމާއި ގުޅިގެން ސުވާލުތައް އުފައްދައި ފާޑުކިޔުން އަމާޒުކުރަމުންނެވެ.

އެއަށްފަހު ސޯޝަލްމީޑިއާގައި އާންމުވި ނީސާގެ ފޮޓޯތަކުގައި އޭނާގެ ސޫރަ ކުރިއާ އަޅާކިޔާއިރު ވަރަށް ބޮޑަށް ތަފާތުކަން އާންމުން ފާހަގަކޮށްފައިވެ އެވެ. އަދި އެފޮޓޯތަކުގައި ނީސާ ޕްލާސްޓިކް ސާޖަރީ ހަދާފައިވާކަން ވެސް ހާމަވެ އެވެ.

އެނގިފައިވާ ގޮތުގައި ނީސާ ވަނީ އިތުރަށް ރީތިވުމަށްޓަކައި ނޭފަތުގެ ސާޖަރީއެއް ހަދައި ނޭފަތް ކުޑަކޮށްފަ އެވެ. އަދި ތުންފަތް އިތުރަށް ބޮޑުކޮށް، ބައްޓަން ގެނައުމަށްޓަކައި "ލިޕް ފިލާސް" ލާފަ އެވެ. ހަމައެހެންމެ އޭނާ ވަނީ ހަށިގަނޑުގެ ބައްޓަން އިތުރަށް ރީތިކުރުމަށްޓަކައި އުރަމަތީގެ ސާޖަރީއެއް ވެސް ހަދައިފަ އެވެ.

ނީސާ އަކީ ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތެރި ފަރާތްތަކަށްވާއިރު އޭނާ ކުރާ ގިނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެ އެވެ. އަދި އާންމުން ދަނީ އޭނާގެ ކުރީގެ ފޮޓޯތަކާއި މިހާރުގެ ފޮޓޯތަކާއި އަޅާކިޔަމުންނެވެ. ނީސާގެ އިތުރުން އަޖޭ އާއި ކާޖޮލްގެ ދެން ހުންނަނީ ޔުގް ދޭވްގަން، 11، އެވެ.