ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާންގެ ފުރަތަމަ ދަރިފުޅު ތައިމޫރު އަލީ ޚާންގެ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން "ސްޓާ ވޯސް" ތީމަށް އުފަން ދުވަހުގެ ޕާޓީއެއް ބާއްވައިފި އެވެ.

ތައިމޫރުގެ އުފަން ދުވަސް ޕާޓީ ކަރީނާ އާއި ސައިފް ބާއްވާފައި މިވަނީ އޭނާގެ އުފަން ދުވަސް އައުމުގެ ފަސް ދުވަސް ކުރިންނެވެ.

ތައިމޫރުގެ އުފަން ދުވަހަކީ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހު އެވެ. ނަމަވެސް އިއްޔެ ވަނީ ތައިމޫރުގެ ހަ ވަނަ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޕާޓީއެއް ބާއްވައިފަ އެވެ. އަދި ޕާޓީ ތެރޭގައި ނަގާފައިވާ ފޮޓޯތައް ކަރީނާ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ.

ތައިމޫރުގެ އުފަންދުވަހުގެ ޕާޓީ ބޭއްވީ ސްޓާ ވޯޒް ތީމްއަކަށެވެ. ތައިމޫރު ވެސް ހުރީ ސްޓާ ވޯޒް ލޯގޯ ޖަހާފައި ހުރި ހުދު ޓީޝާޓެއް ލައިގެންނެވެ.

ތައިމޫރުގެ އުފަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕާޓީގެ ތެރެއިން

ތައިމޫރުގެ އުފަން ދުވަހުގެ ބެނާގައި ލިޔެފައި ވަނީ "ޖެޑީ ޓައި" އެވެ.

ކަރީނާ ވަނީ ތައިމޫރު ސްލައިޑެއްގައި ތިރިއަށް ފައިބާ ފޮޓޯ ވެސް އިންޓަ ގްރާމަށް ލާފަ އެވެ.

"ޕާޓީ ހިޓްވިކަން ޔަގީން، މިއީ ޖެޑީ ޓިމް،" ކަރީނާ ލިޔެފައިވެ އެވެ.

ތައިމޫރުގެ އުފަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ޕާޓީގެ ތެރެއިން

ތައިމޫރަކީ އޭނާ އުފަންވީއްސުރެ މީޑިއާގެ ސަމާލުކަން ހުއްޓީ މިހާރު ވެސް ބޮޑު "ސެލެބްރިޓީއެއް" ގެ ދަރަޖަ ހޯދާފައިވާ ކުއްޖެކެވެ.

ކަރީނާ އާއި ސައިފް 2012 ގައި ކައިވެނިކޮށްފައިވާއިރު، އެ މީހުންނަށް ފުރަތަމަ ދަރިފުޅު ތައިމޫރު ލިބުނީ 2017 ވަނަ އަހަރު އެވެ. 2021 ވަނަ އަހަރު ސައިފް އާއި ކަރީނާއަށް ދެ ވަނަ ދަރިފުޅު ވަނީ ލިބިފަ އެވެ.