މިދިޔަ ނޮވެމްބަރު މަހު މާލެ ސަރަހައްދުގައި 170 ކައިވެންޏެއް ކޮށްފައިވާއިރު، 119 މީހުން ވަރިކޮށްފައިވާކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.
ފެމިލީ ކޯޓުން އާންމުކުރި ތަފާސްހިސާބުތަކުން ބުނާގޮތުގައި މިދިޔަ މަހު އެކޯޓަށް އެންމެ ގިނައިން ހުށަހެޅީ ވަރީގެ މައްސަލަތަކަށެވެ. އެގޮތުން އެފަދަ މައްސަލައިގެ ޖުމްލް 157 މައްސަލައެއް ފެމިލީ ކޯޓަށް ހުށަހަޅާފައިވާކަމަށް އެކޯޓުން ބުނެ އެވެ.
އޭގެ ތެރޭގައި ވަރިވުމަށް އެދި ހުށަހެޅި 61 މައްސަލައަކާއި ވަރިކުރުމަށް އެދި ހުށަހެޅި 24 މައްސަލައެއްގެ އިތުރުން ވަރި ސާބިތު ކުރުމަށް ހުށަހެޅި 70 މައްސަލައެއް ހިމެނޭކަމަށް އެ ކޯޓުން ބުނެފައިވެ އެވެ.
އޭގެެރެއިން 150 މައްސަލައެއް މިހާރު ބަލައި ނިމިފައިވާކަމަށް އެކޯޓުން ހާމަކުރެ އެވެ.
ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުގައި މިދިޔަ އަހަރު އެ ކޯޓަށް ހުށަހަޅާފައިހުރި ކުޑަކުދިންނާއި ގުޅުން ހުރި 15 މައްސަލައެއް ވެސް ހިމެނެ އެވެ. އަދި ގެވެށި އަނިޔާއާ ގުޅުންހުރި ހަ މައްސަލައެއް އެ ކޯޓަށް ހުށަހަޅާފައިވާކަމަށް އެ ކޯޓުން ހާމަކުރެ އެވެ.
ދިރާގު އެލީޓް ކްލަބްގެ ޕާޓްނަރަކަށް އޯވީއެސް
"ދްރިޝްޔަމް 3"އަށް 3 ދުވަހުން 100 ކްރޯޑް ރުޕީސް ލިބިއްޖެ
އީދަށް މޫސުން ގޯސް، ދަތުރު ފަތުރު ކުރުމުގައި ސަމާލުވޭ!
