ފްރާންސްގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ބެންޒެމާ ގައުމީ ޓީމަށް ކުޅުން ހިއްޓާލައިފި އެވެ.

ބެންޒެމާ ގައުމީ ޓީމުން ރިޓަޔާކުރިކަން އިއުލާންކުރީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގަ އެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ފްރާންސުން ނެގި ސްކޮޑްގައި އެންމެ ފަހުން ބެލޮން ޑިއޯ އެވޯޑް ހާސިލްކޮށްފައިވާ ބެންޒެމާ ހިމަނާފައިވެ އެވެ. އެކަމަކު، ފްރާންސާ އާއި އެކުގައި ފަރިތަކުރުންތަކުގައި ބައިވެރިވަމުން ދަނިކޮށް އޭނާ އަށް އަނިޔާވެގެން ކަމަށް ބުނެ ވޯލްޑް ކަޕްގެ އެއްވެސް މެޗެއްގައި ނުކުޅެ އެވެ.

މި އަހަރު ބެލޮންޑިއޯ އެވޯޑް ހޯދި ބެންޒެމާ ވަނީ ފަހުން އަނިޔާ އިން ރަނގަޅުވެ، ރެއާލް މެޑްރިޑާ އެކު ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ.

ބެންޒީމާ އާއި ފްރާންސްގެ ކޯޗް ޑިޑިއޭ ޑެޝޯމްޕްސް އާއި ދެމެދު މައްސަލަތަކެއް ޖެހިފައިވާ ކަމަށް ވެސް ވަނީ އަޑުފެތުރިފަ އެވެ. ބެންޒީމާ ވޯލްޑްކަޕްގައި ނުކުޅުނު އަސްލު ސަބަބަކީ އެއީ ކަމަށް ވެސް ބައެއް މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބެންޒީމާ ސްކޮޑުން ބާކީކޮށް ގައުމަށް ފޮނުވާލަން ކޯޗް ޑެޝޯމްޕްސް ނިންމީ ގްރޫޕް ސްޓޭޖްގެ މެޗްތަކަށް ފަހު އޭނާ އަށް ކުޅެވޭނެ ކަމުގެ ޔަގީންކަން ފްރާންސްގެ މެޑިކަލް ޓީމުން ދީފައި ވަނިކޮށެވެ.

ބެންޒީމާ ރޭ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާ ލިޔުނު އޭނާގެ ވާހަކަ މި ހިސާބުން ނިމުނީ ކަމަށެވެ.

ބެންޒީމާ ވަނީ ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމަށް 97 މެޗް ކުޅެދީ 37 ގޯލް ޖަހައި ދީފަ އެވެ.

ބެންޒެމާގެ ކްލަބު ފުޓުބޯޅަ ކެރިއަރުގައި މިދިޔަ ސީޒަނަކީ އެންމެ ކާމިޔާބު ސީޒަނެވެ. ލީގުގައި 27 ގޯލު ޖަހައި، 12 އެސިސްޓް ފުރިހަމަ ކުރި އިރު، އޭނާއަކީ މިދިޔަ ސީޒަނުގެ ޓޮޕް ސްކޯރާވެސް މެއެވެ. އޭގެ އިތުރުން ބެންޒެމާއަކީ ޗެމްޕިއަންސް ލީގުގައިވެސް 15 ގޯލު ޖަހައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.

މިއަދަކީ ބެންޒެމާގެ 35 ވަނަ އުފަން ދުވަހެވެ.