އިންޑިއާގެ އެފްކޮންސް ކުންފުނީގެ މަސައްކަތްތެރިން ތިބޭ ގުޅިފަޅު ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެތަނުން އަނެއްކާވެސް އިންސާނެއްގެ ކަށިގަނޑުތަކެއް ފެނިއްޖެ އެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އަލިފާން ރޯވި ސައިޓުން ދެވަނަ ފަހަރަށް އިންސާނެއްގެ ކަށިތައް ފެނިފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.
މީގެކުރިން ވެސް އެ ސަރަހައްދުން އިންސާނެއްގެ ކަށިގަނޑުތަކެއް ފެނިފައިވެ އެވެ.
އެފްކޮންސްގެ 80އެއްހާ މަސައްކަތްތެރިން ޒަހަމްވި އަލިފާނުގެ ހާދިސާ ހިނގީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އެވެ.
އެ ހާދިސާގައި އެފްކޮންސްގެ މުވައްޒަފުންގެ ތެރެއިން 70 އެތައް މީހަކަށް އެކި ވަރުގެ އަނިޔާވެ އައިޖީއެމްއެޗްއާއި ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދީފައިވެ އެވެ. ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން ހަތަރު މީހަކު ފިޔަވައި އެންމެން މިހާރު ވަނީ ދޫކޮށްލާފަ އެވެ. އެ ހާދިސާގައި އެކަކު ގެއްލިފައިވާތީ ތިލަފުށީގައި މަސައްކަތްކުރާ އެފްކޮންސް މުވައްޒަފުން ވަނީ މުޒާހަރާކޮށްފަ އެވެ.
އެ މުޒާހަރާއަށްފަހު އެ މީހާ ހޯދުމުގެ މަސައްކަތް އިދާރާތަކުން ކުރަމުން އަންނަކަމަށް ސަރުކާރުން ހާމަކޮށްފައިވެ އެވެ.
ޕްރޮސެސްޑް ކާނާއާއި ޑިމެންޝިއާ: ސިއްހަތަށް ބޮޑު ނުރައްކަލެއް!
ރިތޭޝްގެ "ރާޖާ ޝިވާޖީ"އަށް ބޮޑު ކާމިޔާބީއެއް!
"ދަ ޕޯޓަލް އޮފް ފޯސް"އާއެކު ދިޝާ ވެސް ހޮލީވުޑްއަށް!
