ލިޕްސްޓިކްއަކީ މިހާރުގެ ޒުވާން އަންހެން ކުދިންގެ އަތްދަަބަހުގައި ކޮންމެހެން ވެސް އޮންނަންޖެހޭ އެއްޗެކެވެ.

ކޮންމެ ތަނަކުން ކޮންމެ ވަގުތަކު ވިޔަސް އަންހެން ކުއްޖެއްގެ އަތްދަބަހުގެ ތެރެއިން އެންމެ އާންމު އެކައްޗެއްގެ ގޮތުގައި ފެންނަ އެކައްޗަކީ ކޮންމެވެސް ބްރޭންޑެއްގެ ލިޕްސްޓިކެކެވެ.

އެގޮތުން އަންހެން ކުދިންނަށް އާންމުކޮށް ލިޕްސްޓިކްގެ ގޮތުގައި ޖެއްސުމަށް ކަމުދާ ކުލަ އަކީ ގަދަ ރަތް ކުލަ އެވެ.

ގެޓީސްބާގް ކޮލެޖުގެ ދަރިވަރުން އާރް އެންޑް ޑީ ސައިންޓިސްޓުންނާ އެކު ހޯދި ހޯދުމުން ދަވީ ރަތް ކުލައިގެ ލިޕްސްޓިކް ހޭކުމުން އިތުރަށް ޒުވާން ކަމަށް ދައްކާކަން ހާމަކޮށްފަ އެވެ.

އަންހެނުންގެ އުމުރު އިތުރުވާ ވަރަކަށް އެކަން އެންމެ ފުރަތަމަ ފާހަގަކުރަން އެނގެނީ އެމީހުންގެ ތުންފަތުން ކަމަށް އެ ހޯދުންތަކުން ބުނެފައިވެ އެވެ. އެގޮތުން އުމުރުން ދުވަސްވާވަރަކަށް ލޯ، ބުމަ، އަދި ތުންފަތުގެ ކުލަ އަލިވާކަމަށް ދައްކާކަން އެހޯދުންތަކުން ފާހަގަކޮށްފައިވެ އެވެ.

އެހޯދުންތަކުގައި ޒުވާން އަންހެން ކުދިންނާއި ހަރު އުމުރުގެ އަންހެނުން ރަތްކުލައިގެ ލިޕްސްޓިކް ޖައްސާފައިވާ ފޮޓޯތައް ސްޓަޑީކޮށްފައިވާއިރު، ރަތް ކުލަ ޖެއްސުމުގެ ސަބަބުން މޫނަށް ކުލަވަރު ގެނެސްދީ، ދެ އުމުރުފުރައިގެ މީހުންގެ އުމުރު އޮޅުނުކަމަށް ބުނެފައިވެ އެވެ. އަދި ޒުވާން އަންހެނުންގެ ތެރޭގައި ރަތް ކުލައިގެ ލިޕްސްޓިކް ޖެއްސި ގިނަ އަންހެނުން ހިމެނުނުކަން ވެސް އެ ހޯދުންތަކުގައި ހާމަކޮށްފައިވެ އެވެ.