އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ތަރިން އެކަކު އަނެކަކާ ލޯބީގެ ގޮތުން ގުޅޭ ވާހަކަތަކަކީ އާންމުކޮށް ދެކެވޭ ވާހަކަތަކެކެވެ.
ހަމައެހެންމެ ބޮލީވުޑްގައި އެތަރިއެއްގެ ޒަވާޖީ ހަޔާތަކާއި ގުޅޭގޮތުން އެންމެ ބޮޑަށް ވާހަކަ ދެކެވޭ އެކަކީ މަޝްހޫރު ތަރި ރަންބީރު ކަޕޫރު އެވެ.
ސޯޝަލް މީޑިއާގައި ރަންބީރާ ގުޅިގެން ދެކެވޭ ވާހަކަތަކަށް ބަލާއިރު، އޭނާ ލޯބީގެ ގޮތުން ގުޅުނު ތަރިން ކަމަށްވާ އާލިއާ ބާޓް އާއި ދީޕިކާ ޕަޑުކޯންގެ އިތުރުން ސޯނަމް ކަޕޫރު އަދި ކެޓްރީނާ ކެއިފްގެ ވާހަކަތައް ދެކެވެ އެވެ. ނަމަވެސް ގިނަ ބަޔަކަށް ނޭނގޭ ހަގީގަތަކީ ރަންބީރާއި އަމީޝާ ޕަޓޭލްއާ މެދު އުފެދުނު ލޯބީގެ ގުޅުމުގެ ވާހަކަތަކެވެ.
ދީޕިކާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އިރުވެސް ރަންބީރާއި އަމީޝާގެ މެދުގައި ލޯބީގެ ގުޅުމެއް އޮތްކަމަށް އޭރު ސޯޝަލް މީޑިއާގައި ވާހަކަ ދެކެވިފައިވެ އެވެ. އެގޮތުން ދެތަރިން އެކީ ވަގުތު ހޭދަކުރާތަން އާންމުންނަށް ފެނިފައިވެ އެވެ. އަދި ދެތަރިންގެ މެދުގައިވާ އުމުރުގެ ތަފާތަށް އާންމުން ދިޔައީ ފާޑުކިޔަމުންނެވެ.
އެއާއެކު ގިނަ ދުވަސްތަކެއް ނުވެ ދެތަރިން ވަކިވި ކަމުގެ ހަބަރުތައް އިވުނެވެ. އޭރު ރަންބީރާއި ދީޕިކާގެ މެދުގައި ހަމަނުޖެހުންތަކެއްވާ ކަމުގެ ހަބަރުތަކެެއް ވެސް ސޯޝަލް މީޑިއާގައި ފެތުރިފައިވެ އެވެ.

އަރަބި ގައުމުތަކަށް ދޭ ހަމަލާތަކުގެ ފަހަތުގައި ވަނީ އިޒްރޭލް
އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް
އަހަރުގެ ފުރަތަމަ 2 މަސްތެރޭ އާސަންދައާއި ސަބްސިޑީއަށް 2 ބިލިއަން
