ލަންޑަން (20 ޑިސެމްބަރު) - އިނގިރޭސި ވިލާތުން ކޮވިޑް ވައިރަސްގެ މުޅިން އާ ސްޓްރެއިނެއް ފެނިފައިވާ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ.

ޑަބްލިޔުއެޗްއޯ އިން ބުނި ގޮތުގައ އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކާއެކު މިކަމާ ބެހޭ މަޝްވަރާކޮށްފައިވާ ކަމަށާ މި އާ ސްޓްރެއިން ފެތުރޭ ގޮތްތަކާއި ކުރީގެ ފާހަގަ ކުރެވިފައިވާ ސްޓްރެއިންތަކާ ހުރި ތަފާތުތައް ދެނެގަތުމުގެ މަސައްކަތް ކުރުމުންދާ ކަމަށެވެ. އަދި މައުލޫމާތު ލިބޭވަރަކުން މެމްބަރު ގައުމުތަކާއި އާންމުންނަށް މިކަމުގެ މައުލޫމާތު ފޯރުކޮށްދެމުން ގެންދާނެ ކަމަށް ބުނެފައިވެ އެވެ.

އިނގިރޭސިވިލާތުން ފެނުނު ސްޓްރެއިން ކުރީގެ ސްޓެރެއިންތަކާ ހިލާފަށް ފެތުރޭ މިންވަރު 70 ޕަސެންޓް އަވަހެވެ.

މިހާތަަނަށް ހޯދިހޯދުންތަކުން މިހާރު އުފައްދާފައިވާ ވެކްސިންތަކުން ވެސް މި ވައިރަސްގެ އައު ސްޓްރެއިން ދިފާއުކޮށްދިނުމުގެ ގާބިލްކަން ލިބިފައިވާ ކަމަށް އިނގިރޭސި ބޮޑުވަޒީރު އަދި އެ ގައުމުގެ ސައިންޓިސްޓުން ބުނެފައިވެ އެވެ. -- އޭއެފްޕީ