ދެހާސް ބާވީސް ވަނަ އަހަރު ނިމުނު އިރު ސަރުކާރުން ކުރި ދަތުރުތަކަށް 235 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

ފިނޭންސް މިިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ނިމިދިޔަ އަހަރުގެ ޑިސެމްބަރު 29 ވަނަ ދުވަހާއި ހަމައަށް 235 މިލިއަން ރުފިޔާ ވަނީ ސަރުކާރުގެ ދަތުރުތަކަށް ހަރަދުކޮށްފަ އެވެ. އަދި އެއީ މި އަހަރު ސަރުކާރުގެ ދަތުރުތަކަށް ހަރަދުވާނެކަމަށް ލަފާކޮށް ބަޖެޓުކުރި 203 މިލިއަނަށް ވުރެ 32.9 މިލިއަންގެ އިތުރު އަދަދެކެވެ.

އޭގެ އިތުރުން 2021 ވަނަ އަހަރު ސަރުކާރުގެ ދަތުރުތަކަށް ހަރަދުކުރި އަދަދާއި އަޅާކިޔާއިރު، މި އަދަދަކީ 52.7 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ސަރުކާރުން ދަތުރުތަކަށް ކުރަމުން އަންނަ ހަރަދުތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، 2021 ވަނަ އަހަރު ނިމުނު އިރު އެކަނިވެސް 158.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި 2020 ވަނަ އަހަރު ސަރުކާރުން ދަތުރުތަކަށް ހަރަދުކޮށްފައިވަނީ 128.6 މިލިއަން ރުފިޔާ އެވެ.

ނިމިދިޔަ އަހަރު ރާއްޖެއިން ބޭރަށް ރައީސް ޞާލިހް ގިނަ ދަތުރުތަކެއް ކުރައްވާފައިވާއިރު، ގިނަ ދަތުރުތަކުގެ ޓިކެޓަށް އެކަނިވެސް މިލިއަނުން ފައިސާ ހަރަދުވެފައިވެ އެވެ.